ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)E2-HC/2015/04
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 19:33
ސުންގަޑި: 17 އޮގަސްޓް 2015 14:00
ރ.ވާދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޓެންޑެންޓް

މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

އެޓެންޑެންޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

އެޑްމިން ސެކްޝަން

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ރ.ވާދޫ ޞިއްޙީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ޞިއްޙީ މަރުކަޒުގެ އެތެރޭގައިވާ އެންމެހައި ތަންތަން ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު ކުނިކަހައި މޮޕްކޮށް ސާފުކޮށް ބެލެހެއްޓުމާއި، ބަލިމީހުން ބޭނުންކުރާ ހަޑިވާޒާތުގެ ތަކެތި އަދި އެހެނިހެން ވޭސްޓް ގަވާއިދުން އޮންނަ އުސޫލުގެ ދަށުން ނައްތާލުން

2- ޞިއްޙީ މަރުކަޒުގައި ހުންނަ ފަރުނީޗަރ، މެޝިން ފަދަ ތަކެތި ހަޑިވިޔަ ނުދީ ކޮންމެ ދުވަހަކު ފޮޅައި ސާފުކޮށް ބެލެހެއްޓުން.

3- ބަލިމީހުންނަށް ބޭނުންކުރާ ބެޑްޕެއިން ، ޔުރިނަލް ، ކިޑްނީޓްރޭ ، ކަތުރު ފޯސެޕްސް ފަދަ ތަކެތި ކޮންމެ ޑިއުޓީއެއްގައި މަދުވެގެން އެއްފަހަރު ދޮވެ ސާފުކުރުން.

4- ބަލިމީހުންނަށް ބޭނުންކުރާ ބެޑްޝީޓް ، ބާލީހުއުރަ ، ގައުން ، ތުވާލި ފަދަ ތަކެތި ހަޑިވުމުން ދޮވުމަށްޓަކައި ލޯންޑްރީއަށް ގެންދިއުން

5- ބޭސްއަޅާ ކޮޓަރިއާއި އިންޖެކްޝަން ޖަހާ ކޮޓަރީގައި ބޭނުންކުރެވޭ ސްޓެރިލައިޒަރ ، ސާރޖިކަލް ޓްރޭ ، ކިޑްނީ ޓްރޭ ، ކަތުރު ، ފޯސެޕްސް ފަދަތަކެތި ދޮވެ ސާފުކުރުން.

6- އިންޖެކްޝަންޖަހާ ކަށްޓާއި، ބޭނުންކުރެވޭ ތިލައާއި ހުރިހައި ބާވަތެއްގެ ތޫނު ތަކެތި ރައްކާތެރިކަމާއެކު އެތަކެއްޗަށް ޚާއްޞަ ކުރެވިފައިވާ އެއްޗަކަށް އެޅުމަށްފަހު އެންދުމަށް ގެންދިއުން

7- ލޭބަރ ރޫމާއި، ވޯޑް އަދި ބަލިމީހުން ބަލާ ރޫމުގައި ބޭނުންކުރެވޭ ހުރިހައި މަޢުދަނެއްގެ ތަކެތި ކޮންމެ ޝިފްޓް ޑިއުޓީއެއްގައި މަދުވެގެން އެއްފަހަރު ސާފުކުރުން.

8- ލޭބަރ ރޫމާއި ވޯޑް، ބަލިމީހުން ބަލާ ކޮޓަރިއާއި، އޮފީސްފާޚާނާ ކޮންމެ ޑިއުޓީއެއްގައިވެސް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން

10- ޑިއުޓީގައި ތިބޭ އެޓެންޑެންޓުން ހުރިހާ ފައިވާންތައް ދޮވެ ސާފުކުރުން، ޑްރެސިންގ ރޫމާއި ވޯޑުގައި ހުންނަ ޓްރޮލީތައް ދޮވެ ސާފުކުރުން

11- ކްލިނިކަލް އޭރިއާތަކާއި، ބަލިމީހުން މަޑުކުރާ ސަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

12- ކޮންމެ ދުވަހަކު ހެނދުނު ހުރިހާ ބަލިމީހުންގެ އެނދުތަކުގެ ބެޑްޝީޓް ރަބަރު ބާލީހުއުރަ ބަދަލުކުރުން.

13- ޞިއްހީ މަރުކަޒުގައި ހިންގާ ހަރަކާތްތަކުގައި އޮފީހުން އަންގާ ގޮތެއްގެ މަތީން ޢަމަލީގޮތުން ބައިވެރިވުން

14- ޞިއްޙީމަރުކަޒާއި އޮފީހުގައި ކުރުމަށް އަންގާ މަސައްކަތްތައް ކުރުމާއި، އެކަންތައްތަކުގައި ބައިވެރިވެ އެހީތެރިވުން.

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން
  3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައި ވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ރަމަޟާން އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު މިމަރުކަޒުންނާއި ސިވިލް ސަރވިސްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.)

http://www.csc.gov.mv/2012/01/2449

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

5- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ރ.ވާދޫ ޞިއްޙީމަރުކަޒުގެ އޮފީހަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު، ރ.ވާދޫ ޞިއްޙީމަރުކަޒުގައި

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6580399 އެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސްގެ ވެބަސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

http://www.csc.gov.mv/2012/01/2449 އަދި މިމަރުކަޒުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.

06 އޮގަސްޓް 2015