ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އަޕްގްރޭޑިންގ ޕްރޮޖެކްޓްގެ މަސައްކަތްތައް ފެށިފައިވުމާއެކު ތިރީގައި މިދަންނަވާ ވަޒީފާތަކަށް ވަގުތީ (4 މަސް ދުވަހަށް) މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: ސަޕޯޓް ސްޓާފް (ލޭބަރ ކެޓަގަރީ)
ބޭނުންވާ އަދަދު: 15
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)
ޝަރުޠު:
- އަސާސީ ތަޢުލީމު ފެންވަރު ހުރުން.
- އުމުރުން 25 އަހަރު ފުރިފައިވުން.
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
މުސާރައާއި އިނާޔަތްތަކަށް: -/9،000ރ އާއި -/10،000ރ އާ ދެމެދު.
މަޤާމު: ޑްރައިވަރ
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)
ޝަރުޠު:
- އަސާސީ ތަޢުލީމު ފެންވަރު ހުރުން.
- ޑްރައިވިންގ ލައިސެންސް B1 އަދި C1 އޮތުން.
- އުމުރުން 25 އަހަރު ފުރިފައިވުން.
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
މުސާރައާއި އިނާޔަތްތަކަށް: -/9،000ރ އާއި -/10،000ރ އާ ދެމެދު.
މަޤާމު: އިކުއިޕްމަންޓް އޮޕަރޭޓަރ (ހެވީ ވެހިކަލް)
ބޭނުންވާ އަދަދު: 07
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)
ޝަރުޠު:
- އަސާސީ ތަޢުލީމު ފެންވަރު ހުރުން.
- އުމުރުން 25 އަހަރު ފުރިފައިވުން.
- C0 ,C2 ,C1 ,B0 އަދި D0 ކެޓަގަރީގެ ޑްރައިވިން ލައިސަންސްއޮތުން.
- V1 އަދި C1E ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް އޮތް ފަރާތްތަކަށް އިސްކަންދެވޭނެ.
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
މުސާރަ އާއި އިނާޔަތްތަކަށް : -/9،000ރ އާއި -/10،000ރ އާ ދެމެދު.
މަޤާމު : ފޯރމަން
ބޭނުންވާ އަދަދު: 04
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)
ޝަރުޠު:
- ގްރޭޑް 7ގެ ފެންވަރު ހުރުން (ގްރޭޑް 7ގެ ސްކޫލް ލީވިންގ ސެޓްފިކެޓް އޮތުން)
- އުމުރުން 25 އަހަރު ފުރިފައިވުން.
- ފޯރމަން ނުވަތަ ސުޕަވައިޒަރ މަގާމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
މުސާރަ އާއި އިނާޔަތްތަކަށް: -/9،000ރ އާއި -/10،000ރ އާ ދެމެދު.
މަޤާމު : ވެލްޑަރ
ބޭނުންވާ އަދަދު: 02
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)
ޝަރުޠު:
- އަސާސީ ތަޢުލީމު ފެންވަރު ހުރުން.
- އުމުރުން 25 އަހަރުވުން.
- ވެލްޑިންގކުރަން އެނގުން.
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
މުސާރަ އާއި އިނާޔަތްތަކަށް: -/9،000ރ އާއި -/10،000ރ އާ ދެމެދު.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފަރާތާ ބެހޭ މައުލޫމާތު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެކަމުގެ ލިޔެކިޔުންތަކުގެ ކޮޕީ
- 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓުގެ ކޮޕީ
ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކި ސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.
ކުރިމަތިލުމުގެ ސުންގަޑި: 16 އޮގަސްޓު 2015 ވަނަ ދުވަހުގެ 16:00ގެ ކުރިން.
ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:
ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގް، ހުޅުލެ، ދިވެހިރާއްޖެ.
އިތުރު މަޢުލޫމާތު: ފޯނު –3325511
އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
17 ޝައްވާލް 1436 ހ.