މަސައްކަތް
ނަންބަރު: (IUL)321/321/2015/40
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 18:27
ސުންގަޑި: 13 އޮގަސްޓް 2015 10:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓަރޓްލް ސްޓޭޑިއަމްގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުމަށް

ފޯސީޒަން (ލަނޑާގިރާވަރު) ރިސޯޓްގެ ފަރާތުން މިރަށުގައި ޢިމާރާތްކޮށް މިރަށުގެ ރައްޔިތުންނަށް ހަދިޔާކޮށްދެއްވާފައިވާ ޓަރޓްލް ސްޓޭޑިއަމްގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުމަށް ކުރި މިއިދާރާގެ ނަންބަރު IUL)321/321/2015/40)އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • 56 ތަނބުގައި  18x12x6 އިންޗީގެ ތަނބު އެޅުމަށް ފާރުކަނޑައި ކުރަކިކުރުން
  • 56 ތަނބުގައި 18x12x6 އިންޗީގެ ތަނބު ކޮންކްރީޓް ކުރުން
  • 56 ތަނބުގެ ބުޑުގައި ކޮންކްރީޓް އެޅުނުބައިގައި ކުލަލުން
  • 56 ކޮންކްރީޓް ބުޑުގައި ސިމެންތި ޖަހައި އެއްވަރުކޮށް ދާރަތައް ހެދުން

އަންދާސީހިސާބު ހުށަހަޅުއްވާއިރު މަސައްކަތްތަކަށް ވަކިން އަގު އެނގޭގޮތަށް ތައްޔާރުކޮށް ޖުމްލަ އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަމާބެހޭ ލިޔެކިޔުންތައް ފުރިހަމަނުކުރާނަމަ ބީލަން ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ކުރާ އެއްވެސް މުޢާމަލާތެއް ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތުދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިންގރޫމުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ފަރުދުންނަށް ބައިވެރިވެވޭނީ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

* މާކްސް ދެވޭނެ އުސޫލު

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • މާކްސް ދެވޭނީ މި ކައުންސިލްގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

80%

އަގު

( Submitted years of experience / Benchmark years ) x Allocated Percentage

  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން  އެންމެކުރު މުއްދަތަކަށް މަސައްކަތް ނިންމަން ހުށަހަޅާ ދުވަސް އެއީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

15%

މުއްދަތު

(Profile marks / Benchmark Profile marks) x Allocated Percentage

  • މާކްސްދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ހެކިތަކާއެކު) މުއްދަތުގެ ތެރެއިން އެންމެ ދިގުމުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައިލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ދިގު މުއްދަތަށެވެ.

05%

ތަޖުރިބާ

19 ޝައްވާލު 1436

04 އޮގަސްޓް 2015