ޑިރެކްޓަރ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް
|
މަޤާމު
|
އީ.އެކްސް 1
|
ރޭންކް
|
ޑިރެކްޓަރ
|
ކްލެސިފިކޭޝަން
|
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް
|
ސެކްޝަން
|
-/8835 ރުފިޔާ
|
މުސާރަ
|
-/2000 ރުފިޔާ
|
ސަރވިސް އެލެވަންސް
|
-/4000 ރުފިޔާ
3092/25 ރުފިޔާ
|
ލިވިންގ އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
އޯވަރޓައިމް އެލަވަންސް
|
01
|
ބޭނުންވާ އަދަދު
|
މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ސިވިލް ސަރވިސް ޓްރެއިނިންގ ޕޮލިސީ އެކުލަވައިލައި ތަންފީޒުކުރުން.
- ސިވިލް ސަރވިސް މުވައްޒަފުންގެ ކުރު މުއްދަތު ތަމްރީނާބެހޭ މަޢުލޫމާތު ހޯދައި، ދިރާސާ ރިޕޯޓުތައް އެކުލަވައިލައި ކޮމިޝަނަށް ހުށަހެޅުން.
- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ މަސައްކަތްތަކުގައި ލަފާދެއްވުމަށް ކޮމިޝަނުން ކަނޑައަޅުއްވާފައި ހުންނަވާ މެންބަރެއްގެ ލަފާގެ މަތިން، ސިވިލް ޓްރެއިނިންގ އިންސްޓިޓިއުޓް މަސައްކަތްތައް ރާވައި ހިންގުން.
- ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ކިޔަވައިދިނުމާއި، ކިޔަވައިދިނުން ސްޕަރވައިޒްކޮށް ބެލެހެއްޓުން.
- ޓްރެއިނިންގ ޕްރޮގްރާމްތައް ޑިޒައިންކޮށް، އެ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުވުން.
- ސިވިލް ސަރވިސްގެ މުވައްޒަފުން ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި އުސޫލުތަކަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުވުން.
- ސިވިލް ސަރވިސްގެ ޓްރެއިނިންގތައް ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.
- ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގާނެގޮތުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމާއި މަސައްކަތް ކުރިޔަށްދާ ގޮތުގެ ރިޕޯޓު ތައްޔާރުކުރުން.
- ކިޔަވައިދޭ ޕްރޮގްރާމްތައް ކޯޑިނޭޓްކުރުން.
- ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކޮމިޝަނުގެ އިދާރާއިން މަސްއޫލު އޮފީސްތަކަށް ދޭންޖެހޭ ތަމްރީނުތައް، ކަމާބެހޭ ސެކްޝަންތަކާގުޅިގެން ރާވައި ހިންގުން.
- ޙަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
- އިންސްޓިޓިއުޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ކޮމިޝަން އަދި އިންސްޓިޓިއުޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
ހުށަހަޅަންޖެހޭ ލިޔުންތައް |
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެޒެންޓޭޝަން 2015 އޮގަސްޓު 16 އާއި 2015 އޮގަސްޓު 25 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. |
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު |