ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)441-CO/441/2015/43
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 18:09
ސުންގަޑި: 10 އޮގަސްޓް 2015 11:00
ފުވައްމުލަކު ހޯދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ފުވައްމުލަކު ހޯދަޑު އަވަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ބައެއް ތަކެތި ގަތުމަށް ކުރެވުނު މި އިދާރާގެ ނަންބަރު ILU)441-MS/441/2015/34) (ތާރީޚު:21 މޭ 2015) ގެ އިޢުލާނާ ގުޅިގެން ހުށަހެޅުއްވި އަންދާސީހިސާބުތަކުގެ ޑޮކިއުމެންޓުތައް ފުރިހަމަނުވާތީ، އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6860024 ނުވަތަ 6860025 އަށް ފޯނުކުރެއްވުން އެދެމެވެ.

17 ޝައްވާލް 1436

02 އޮގަސްޓް 2015