ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2025/002
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 30 މާރިޗު 2025 00:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބެޑްމިންޓަން އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެންބަރުންނަށް 01 މާރިޗު 2025 އިން ފެށިގެން 30 މާރިޗު 2025 އަށް އެކުވެނި އިންޑޯހޯލް ޝެޑިއުލްކޮށްގެން ބޭނުންކުރުމުގެ ގަޑިތައް

ކޯޓް ޝެޑިއުލް ކުރެވޭ ގަޑިތައް:

05:30-07:15   ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން

07:15-09:00   ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން

14:15-15:50   ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން

20:30-22:15   ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން

22:15-00:00   ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން

00:00-01:45   ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން

 

ކޯޓް ޝެޑިއުލް ކުރުމަށް ބޭނުންވާނެ މަޢުލޫމާތު:

  • އަމިއްލަ މެމްބަރުން ޝެޑިއުލް ކުރަން އެދޭއިރު މަދުވެގެން 6(ހައެއް) ގިނަވެގެން 8(އަށެއް) މެމްބަރުންގެ، މަޢުލޫމާތު ހިމަނަންވާނެއެވެ.
  • ކުޅުންތެރިންގެ ފުރިހަމަނަން،
  • ކްލަބް ނަން / ކުޅުންތެރިން މެމްބަޝިޕް ނަމްބަރު (2025 ވަނަ އަހަރުގެ ހިނގަމުންދާ ޓާރމް އަށް ފީދައްކާފައިވާ).
  • ކޯޓް ޝެޑިއުލް ކުރަންބޭނުންވާ ގަޑި.
  • ކޮންމެ އަމިއްލަ މެމްބަރަކަށް ވެސް ކޯޓް ޝެޑިއުލްކޮށް ބޭނުން ކުރެވޭނީ ދުވާލަކު އެއްގަޑިއެއްގައެވެ އެވެ.
  • ކޯޓު ދޫކުރުމުގައި އެއް ދުވަހު ނުލިބޭ ފަރާތްތަކަށް ޖެހިގެން އަންނަ ދުވަހު ޝެޑިއުލް ކުރުމުގައި އިސްކަން ދެވޭނެއެވެ.
  • ކުލަބް/ޖަމިއްޔާ ތަކަށް ޝެޑިއުލްކުރުމަށް ރިކުއެސްޓު ކުރުމުން ކުލަބް/ޖަމިއްޔާގެ މެމްބަރުންގެ ޢަދަދަށް ބަލައި ކޯޓު ޝެޑިއުލް ކުރެވޭނެއެވެ.
  • ކޯޓު ދޫކުރުމުގައި އެއް ދުވަހު ނުލިބޭ ކުލަބްއަށް ޖެހިގެން އަންނަ ދުވަހު ޝެޑިއުލް ކުރުމުގައި އިސްކަން ދެވޭނެއެވެ.
  • ކުލަބް/ޖަމިއްޔާ ޝެޑިއުލް ކުރަން އެދޭއިރު މެމްބަރުންގެ ލިސްޓް ގައި ހިމަނަންވާނީ އެ ކްލަބްއެއްގައި ރަޖިސްޓަރ ކުރެވިފައިވާ މެމްބަރުން އެކަންޏެވެ.

ކޯޓް ޝެޑިއުލްކުރުމަށް: 9890290 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

 (އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3314057 އަށެވެ.)

 

ނޯޓް: ކޮންމެ ދުވަހެއްގެ ހެންދުނު 9:00 އާއި މެންދުރުފަހު 12:00 އާ ދެމެދު ވައިބަރ މެދުވެރިކޮށް ފޮނުވާފައިވާ ރިކުއެސްޓްތަކަށް ބަލައި، ޖެހިގެން އަންނަ ދުވަހުގެ ކޯޓް ޝެޑިއުލް ތައްޔާރުކޮށް އެފަރާތަކަށް ޙިއްސާ ކުރާނެކަމުގައި ދަންނަވަމެވެ.

23 ފެބުރުވަރީ 2025