ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457- HR /1/2015/1013
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:58
ސުންގަޑި: 16 އޮގަސްޓް 2015 14:30
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެސިސްޓަންޓް ސްޓެޓިސްޓިކަލް އޮފިސަރ

އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ   

މަޤާމު

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

GS 3

ރޭންކް

-/4465 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

އެހެނިހެން އިނާޔަތްތައް

01

ބޭނުންވާ އަދަދު

ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް

ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން (ހިސާބު އަދި އިކޮނޮމިކްސް, ކޮމްޕިއުޓިންގ ނުވަތަ އެކައުންޓިންގ) ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، 'އިނގިރޭސި' މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައ:

  • މާލެއާއި އަތޮޅުތަކުގައި ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ މަހަކު ކުރުމަށް ހަމަޖެހިފައިވާ ބާޒާރުގެ ތަކެއްޗާއި ޚިދުމަތުގެ އަގު ނެގުމުގެ ސަރވޭގެ އަގުތައް ފިހާރަތަކަށް ޒިޔާރަތްކޮށްގެން ކަނޑައެޅިފައިވާ ވަގުތައް ހޯދުން. އަދި ފޯނު ސަރވޭގެ މަސައްކަތް ކުރުން.
  • މާލޭގެ ސީ.ޕީ.އައި. ތައްޔާރުކުރުމަށްޓަކައި ރޯމަހުގެ އަގުތައް ފިޝަރީޒް މިނިސްޓްރީން ކަނޑައެޅިފައިވާ ވަގުތައް ހޯދުން.
  • މާލޭގެ ސީ.ޕީ.އައި. ތައްޔާރުކުރުމަށްޓަކައި ތަންތަނުގެ ކުލީގެ މައުލޫމާތުތައް ނޫސްތަކުން ހޯދާއި ކަނޑައެޅިފައިވާ ވަގުތައް އެއްކުރުން.
  • މާލެ އާއި އަތޮޅުތަކުން ސީ.ޕީ.އައި އަށް ހޯދުނު އަގުތައް ކޮންޕިއުޓަރަށްލުން.
  • ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) އެކުލަވާލުމުމަށް އެއްކުރެވި ކޮންޕިއުޓަރަށް ލެވުނު ހުރިހާ ހިސާބުތައް ޗެކްކޮށް އިޞްލާޙުކުރުން.
  • ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ރީބޭސް ކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވުން. މިގޮތުން މާލެއާއި އަތޮޅުތަކުގެ ބާސްކެޓް އެކުލަވައިލުމަށްޓަކައި ފިހާރަތަކަށް/ މަސައްކަތް ހިންގާ ތަންތަނަށް ޒިޔާރަތްކޮށް ބާސްކެޓް އެކުލަވައިލުމުގެ މަސައްކަތް ކުރުން.
  • ކޮންސްޓްރަކްޝަން މެޓީރިއަލް އިންޑެކްސް (ސީ.އެމް.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ ހަމަހުން އެއްމަހު ފިހާރަތަކަށް ޒިޔާރަތްކޮށްގެން ކަނޑައެޅިފައިވާ ވަގުތައް ކޮންސްޓްރަކްޝަން މެޓީރިއަލް ބާސްކެޓުގައި ހިމެނިފައިވާ ތަކެތީގެ އަގުތައް ހޯދުން.
  • ކޮންސްޓްރަކްޝަން މެޓީރިއަލް ސަރވޭގައި އެއްކުރެވޭ މަޢުލޫމާތުގެ ޑޭޓާތައް ކޮންޕިއުޓަރަށް ލުން.
  • ކޮންސްޓްރަކްޝަން މެޓީރިއަލް އިންޑެކްސް (ސީ.އެމް.އައި) އެކުލަވާލުމުމަށް އެއްކުރެވި ކޮންޕިއުޓަރަށް ލެވުނު ހުރިހާ ހިސާބުތައް ޗެކްކޮށް އިޞްލާޙުކުރުން.
  • ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް (ޕީ.ޕީ.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ ތިންމަހުން އެއްމަހުހިންގޭ ޕްރޮޑިއުސަރ ޕްރައިޒް ސަރވޭގެ މަޢުލޫމާތުތައް ހޯދުމުގައި ބައިވެރިވެ  އެހީތެރިވުން
  • ޕްރޮޑިއުސަރ ޕްރައިޒް ސަރވޭގައި އެއްކުރެވޭ މަޢުލޫމާތުގެ ޑޭޓާތައް ކޮންޕިއުޓަރަށް ލުމުގައި ބައިވެރިވެ އެހީތެރިވުން
  • މެނޭޖްމަންޓް މީޓިންގަށް ބެނުންވާ ލިޔުންތައް ތައްޔާރުކުރުމުގައި ބައިވެރިވެ އެހީތެރިވުން.
  • އިޖްތިމާއީ އަދި އިޤްތިޞާދީ ސަރވޭތައް ކުރުމުގައި ފީލްޑް މަސައްކަތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވުން.
  • ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް އެކުލަވައިލުމުމަށް އެއްކުރެވި ކޮންޕިއުޓަރަށް ލެވުނު ހުރިހާ ހިސާބުތައް ޗެކްކޮށް އިޞްލާޙުކުރުމުގައި ބައިވެރިވެ  އެހީތެރިވުން.
  • ޕްރައިޒް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަންގެ އަންނަ ސިޓީތައް ބަލައިގަނެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ބައިވެރިވެ އެހީތެރިވުން.
  • ޕްރައިޒް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަންގެ ޔައުމިއްޔާ ތައްޔާރުކުރުމުގައި ބައިވެރިވެ އެހީތެރިވުން.
  • ތަފާސްހިސާބުގެ ގަވާއިދަށް އަމަލުކުރުމުގެ ގޮތުން ކުރަންޖެހޭކަންތައްތައް ކުރުން.
  • ކޮންމެ 5 އަހަރުން އެއްއަހަރު އޮންނަ ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުން.
  • ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.
  • ސެކްޝަންގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
  • ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑު އޮފް ކޮންޑަކްޓާއި އެއްގޮތްވާ ގޮތުގެ މަތިން ވަޒިފާ އަދާކުރުން.

މަޤާމުގެ މަސްއޫލިއްޔަތު

މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިތުރު އިނާޔަތްތައް

މި މަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާންކުރުން، އިޢުލާންއަށް މުއްދަތު ހަމަވާތާ ދެހަފުތާތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އަދި އިމްތިޙާން ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން ހުރި މިންވަރު 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • ވަޒީފާއަށް އެދޭ ފޯމު
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓް ތައް
  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

ހުށަހަޅަންޖެހޭ ލިޔުންތައް

16 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި

 

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރއިން ލިބިވަޑައިގަންނަވާނެ.
  • މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349395 ނުވަތަ 3349388 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު

04 އޮގަސްޓް 2015