ދިވެހިރާއްޖެ
ސައިޓް ސުޕަވައިޒަރ މަގާމަށް މީހަކު ހޯދުމަށް އަލުން އިޢުލާންކުރުން
މި މިނިސްޓަރީން 12 ފެބުރުވަރީ 2025 ގައި ކޮށްފައިވާ ނަންބަރު (IUL)88-ARISE/1/2025/1 ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް ޝައުޤުވެރިކަން ފާޅިކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލަކޮށް، އެ މަޤާމަށް މީހަކު ހޯދުން އަލުން އިޢުލާން ކުރީމެވެ.
ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ސްޓްރެޓެޖިކް ކްލައިމޭޓް ފަންޑްގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ސައިޓް ސުޕަވައިޒަރެއް ހޯދަން ބޭނުންވެއެވެ.
ސައިޓް ސުޕަވައިޒަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ އެސްޕަޔަރ އަދި އެރައިޒް ޕްރޮޖެކްޓާއި ގުޅޭ ސައިޓްތަކުގައި އިމާރާތްކުރުމުގެ ހަރަކާތްތަކާއި ކުރެވޭ މަސައްކަތްތައް ކުރިއަށްދާގޮތް ދުވަހުން ދުވަހަށް ބެލުމެވެ. އަދި އެހެނިހެން ޒިންމާތަކުގެ ތެރޭގައި، އިމާރާތްކުރުމުގެ މިންގަޑުތައް ހިފަހައްޓާވަރު ބެލުމާއި މަސައްކަތާއި މަސައްކަތްތެރިކަމުގެ ފެންވަރުބެލުން ހިމެނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ބ.އޭދަފުށި ސައިޓްތަކުގައެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:
- އިނގިރޭސި އާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވުން؛
- އާންމު އިމާރާތްކުރުމުގެ މަސައްކަތުގެ މަދުވެގެން 2 އަހަރުގެ ތަޖުރިބާ އާއި މަސައްކަތް ކުރުމުގެ ޤާބިލިއްޔަތު ހުރުން؛ އަދި
- އިމާރާތް ކުރުމުގެ މަސައްކަތް ސުޕަވައިޒް ކުރުމުގެ ތަޖުރިބާ ހުރުން.
ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ފެބުރުވަރީ 27 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ
ވެލާނާގެ، 5ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، 20096، ދިވެހިރާއްޖެ
ފޯނު: 3019219
އީމެއިލް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މަތީގައިވާ ބަޔާންކުރެވިފައިވާ އީމެއިލް އެޑްރަހަށް އީމެއިލް ކުރެއްވުން އެދެމެވެ.