ބީލަން
ނަންބަރު: (IUL)456-ESMSC/456/2025/12
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 03 މާރިޗު 2025 10:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ލ. ކަލައިދޫ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ބަހައްޓާ ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 ލ. ކަލައިދޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު : 18/2014 އަދި 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 25 ފެބްރުވަރީ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމު ފުރުއްވާ މި އިދާރާގެ މެއިލް [email protected]  އަށް ރަޖިސްޓްރީ ފޯމު ފޮނުއްވުން ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތްކޮށްދިނުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް އީމެއިލްގެ ޒަރީއާއިން ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

އިވެލުއޭޝަން ކްރައިޓީރިއާ

  • މަސައްކަތުގެ އަގު: %85 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން)
  • މުއްދަތަށް: ޕޮއިންޓް (އެކަށީގެންވާ އެންމެ ކުރު މުއްދަތު ބެންޗްމާކް ކަމުގައި ބަލައިގެން)
  • ތަޖްރިބާ: %5 ޕޮއިންޓް (މި އިޢުލާން ކުރި ތާރީޚުން ފެށިގެން ވޭތުވެ ދިޔަ 3 އަހަރު ދުވަހު ކޮށްފައިވާ މި ބާވަތުގެ މަސައްކަތަށް، 15000.00 ހާހުން މަތީގެ ކޮންމެ މަސައްކަތަށް 1 ޕޮއިންޓް، ގިނަވެގެން ދެވޭނީ 5 ޕޮއިންޓް)

                          އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 މާރޗް 2025 ވާ ހޯމަ ދުވަހު 10:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ، އަދި ބަދަލުގައި ފޮނުވާ ފަރާތެއްނަމަ ޕަވަރ އޮފް އެޓާރނީ ދިންކަމުގެ ލިޔުމާއި އައި.ޑީ.ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 27 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.އަދި ބިޑް ރަޖިސްޓްރޭޝަން ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.               

                                      ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

19 ފެބުރުވަރީ 2025