ވަޒީފާގެ ފުރުޞަތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:20
ސުންގަޑި: 13 އޮގަސްޓް 2015 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސޭލްސް މެނެޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: ސޭލްސް މެނޭޖަރ

މުސާރަ އާއި އެލަވަންސް

މަހަކު -/17،500 ރުފިޔާ

މަޤާމުގެ ރޭންކް

EX4

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ސޭލްސް

މަޤާމުގެ ޝަރުޠު:

  • މަގާމުގެ މަސްއޫލިއްޔަތު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3(ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،
  • ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5(ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ސޭލްސް ފޯކާސްޓް ހެދުމާއި އަހަރީ ސޭލްޓާގެޓް ކަޑައަޅައި، ޓާރގެޓްތަށް ހާސިލުކުރުމަށްޓަކައި ސްޓްރެޓެޖީތައް އެކުލަވައިލައި، ހިންގުން
  • ކުންފުނީގެ ކަސްޓަމަރ ވިޒިޓް ޕްލޭން ތައްޔާރުކޯސް، ކަސްޓަމަރ ނީޑް އެނަލައިސްކޮށް، ކަސްޓަމަރ ރިލޭޝަންޝިޕް ސްޓްރެޓެޖީތައް އެކުލަވައިލައި، ލޯޔަލްޓީ ޕްލޭން ތައްޔާރުކޮސް ވިލަރެސްކުރުން
  • ކުންފުނީގެ ޕްރޮޑަކްޝަން ޑިޕާރޓްމަންޓްތަކާއި، މާރކެޓިންގ ޑިޕާޓްމަންޓާ ގުޅިގެން ހިންގަންޖެހޭ އިވެންޓްތަކާއި، ޕްރޮޖެކްޓައް ވިލަރެސްކޮށް ކޯޑިނޭޓްކުރުން.
  • ސޭލް ޑިޕާރޓްމަންޓް ދުވަހުން ދުވަހަށް ހިންގުމަށް ބޭނުންވާ ޕްލޭންތަކާއި، މަސައްކަތްތައް ކޯޑިނޭޓްކޮށް، ޑެލިގޭޓްކުރުމާއި ވިލަރެސް ކުރުން.

މި މަޤާމުތަކަށްމީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 އޯގަސްޓު 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

       

04 އޮގަސްޓް 2015