ދިވެހިރާއްޖެ
ރަސްގެތީމު ސްކޫލްގައި ދަރިވަރުންގެ 4 ފާޚާނާ ހެދުމާބެހޭ
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ދަރިވަރުން ބޭނުންކުރުމަށް 4 ފާޚާނާ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 13:30 އަށް މި އިދާރާއަށެވެ. މަސައްކަތުގެ ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީވެސް މި ސްކޫލުގައި 24 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 13:30 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ހާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭފަދަ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮން ކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. މިމަސައްކަތަށް އެދި ހުށަހަޅާ ޕުރޮޕޯޒަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ރަސްގެތީމު ސްކޫލްގައި ދަރިވަރުންގެ 4 ފާޚާނާ ހެދުމާބެހޭ ޕްރޮޕޯޒަލް " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ 6580361 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ޝައްވާލް 1436