ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-MS/325/2025/8
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 08:51
ސުންގަޑި: 18 މާރިޗު 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނައަހަރު ބ ގޮއިދޫއިން ބަންޑާރަ ގޯތި ދޫކުރުމަށްކުރި އިޢުލާން ބާޠިލްކުރުން.

           ބ ގޮއިދޫއިން ބަންޑާރަގޯތި ދޫކުރުމަށް މިކައުންސިލުން ކުރި (IUL)325-MS/325/2022/27 ( 25 މެއި2022 )  އިޢުލާނާގުޅިގެން ހުށަހެޅުނު ފޯރމްތައް އިވެލުއޭޓް ކުރުމަށްފަހު ޕޮއިންޓް ލިބުނު ގޮތުގެ ފައިނަލް ޝީޓް އިޢުލާންކޮށްފައިވަނިކޮށް ބ ގޮއިދޫ މެޖިސްޓްރޭޓްކޯޓަށް ހުށަހެޅުނު 2 މައްސަލައަކާ ގުޅިގެން ގޯތި ޙަވާލުކުރުން ވަނީ މެދުކަނޑާލަން ޖެހިފައެވެ. މިދެންނެވި 2 މައްސަލަ ކޯޓުން ފައިޞަލާކޮށް ނިންމަވާ ކުރެއްވި ޙުކުމަށް ބަލާއިރު މިކައުންސިލުން 2022 ވަނައަހަރު ޢާންމުކުރި ބަންޑަރަގޯތި ދޫކުރުމުގެ އުޞޫލް ގެ 8ވަނަ މާއްދާގެ (ޅ) ގައިވާ ޝަރުޠަކީ އެއްވެސް އަޞްލެއްގެ މައްޗަށް ބިނާވެފައިނުވާ ،ބިމާބެހޭ ޤަނޫނާއި، ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް އާ ތަޢާރަޟްވާ،  ޝަރުޠެއްކަމަށް ވަނީ ކަނޑައަޅާފައެވެ.  ވުމާއެކު ބާޠިލް ޝަރުޠެއް ހިމެނިގެން ކުރެވޭ މުޢާމަލާތެއްގެ ސަބަބުން އެތައްބައެއްގެ ޙައްޤުތަކެއް ގެއްލިގެން ހިނގައިދާނެ ކަމަށް ޤާނޫނީ މާހިރުން ލަފާދީފައިވާތީ ، 2022 ވަނަ އަހަރު ގޮއިދޫއިން ބަންޑާރަގޯތި ދޫކުރުމަށް ކުރި މިކައުންސިލްގެ (IUL)325-MS/325/2022/27 ( 25 މެއި2022 )  އިޢުލާން ބާޠިލްކުރިވާހަކަ ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

            އަދިދަންނަވަމެވެ. މަތީގައިދެންނެވުނު ކޯޓުގެ ޙުކުމްތަކަށް ރިޢާޔަތްކޮށް ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް   މިހާރުވަނީ އިޞްލާޙްކޮށް ކައުންސިލުން ފާސްކޮށްފައެވެ. ކައުންސިލުން މިހާރު ނިންމާފައިވަނީ ކުރީގެ އިޢުލާނާގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ކައުންސިލަށް މިހާރުފޯރމް ހުށަހަޅުއްވާފައިވާ ފަރާތްތަކާއި ، ޙަވާލާ ދެވުނު 8 ވަނަ މާއްދާގެ (ޅ) އެހެން އޮތުމުން އެފަހަރު ފޯރމް ހުށަހެޅުމުގެ ފުރުޞަތު ގެއްލިފައިވާ ފަރާތްތަކުގެ އިތުރުން  ކޯޓަށް މައްސަލަ ހުށަހެޅުއްވި ޚަޞްމުންނަށް ކޯޓުން ހޯއްދަވާދެއްވާފައިވާ އިންސާފުގެ މަގަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން ގޮއިދޫގެ ރައްޔިތުން ބޯހިޔާވަހި ކަމަށް ކުރަމުންދާ ދިގު އިންތިޒާރު ނިމުމަކަށް ގެނައުމުގެ އުންމީދާއެކު 75 ގޯތިދޫކުރުމަށް އަލުން އިޢުލާން ކުރުމަށެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ފެބުރުވަރީ 2025