ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)CHSE-SMT/1/2015/52
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:24
ސުންގަޑި: 18 އޮގަސްޓް 2015 14:00
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް. އެސް. 1

މުސާރަ: -/3100 ރުފިރާ

ސަރވިސް އެލެވަންސް: -/1000 ރުފިޔާ

އިތުރު ގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

އަސާސީ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލްކަން ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ސްކޫލުގެ އިމާރާތްތައް ކުނިކަހައި ސާފުކުރުން.

2- ސްކޫލުގެ ގޯތިތެރެއާއި، ސްކޫލް ހިމެނޭ ހިސާބުގެ މަގުމަތި ކުނިކަހައި ސާފުކުރުން.

3- ސްކޫލުގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

4- ސްކޫލުގައި ބޭއްވޭ ޙަފުލާތަކަށް ގޮނޑިޖަހައި ތައްޔާރުކުރުން.

5- ކުލާސްރޫމުތަކުގެ ޑެސްކުތައް ރާވައި ތަރުތީބުކުރުން.

6- ސްކޫލުން ހިންގާ އިމްތިޙާންތަކަށް ގޮނޑިމޭޒު ޖެހުން.

7- ދަރިވަރުންނާ ގުޅުންހުރި ކަންކަމުގައި ސްކޫލުން އަންގާގޮތެއްގެމަތިން ކަންތައްތައް ކުރުން.

މަޤާމް: އެސިސްޓެންޓް ފޯމަން

ބޭނުންވާ އަދަދު: 1 (އެކެއް)

ރޭންކް: އެސް. އެސް. 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ: -/3470 ރުފިޔާ

ސަރވިސް އެލެވެންސް: -/1000

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:  ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެސް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1. ސްކޫލުގެ ތަޅުދަނޑި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނެގުމާއި އެޅުވުން.

2. މަސައްކަތު މުވައްޒަފުންގެ މަސައްކަތްތައް ބެލުން.

3. މަސައްކަތު މުވައްޒަފުންގެ މަސައްކަތް ކުރުމަށް ބޭނުންވާނޭ ސާމާނު، ސްކޫލުގެ ބަޖެޓް އޮފީހާ ގުޅިގެން ހޯދުން.

4. މަސައްކަތު މުވައްޒަފުންގެ ޑިއުޓީ ހަދައި، ޑިއުޓީއަށް ގަވާއިދުން ނިކުމޭތޯ ބެލުން.

5. މަސައްކަތު މުވައްޒަފަކު ޗުއްޓީއެއް ނަގައިފިނަމަ ނުވަތަ ހާޒިރުނުވާ ދުވަހެއްގައި އޭނާއާ ސާފުކުރުމަށް ހަވާލުކުރެވިފައިވާ ތަންތަން އެހެން މުވައްޒަފަކާ ހަވާލުކޮށްގެން ސާފުކުރުވުން.

6. ސްކޫލަށް ހޯދަންޖެހޭ ތަކެތީގެ އަގުބަލަން ދިއުން.

7. ސްކޫލުން ހަވާލުކުރެވޭ ތަކެތި ތަންތަނަށް ގެންދިއުމާއި، ތަންތަނުން ތަކެތި ގެނައުން.

8. ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށް.

އިންޓަވިއުކުރުން:

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 23 އޮގަސްޓު 2015 އާއި 26 އޮގަސްޓު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސެންޓަރުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހަކު 9.30 ން 14.00 އަށް ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  3. އެކްރިޑެޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)
  6. ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑު ޖެހިލިޔުމެއް ލިޔުމެއް (އުޅެފައިވާ މަޤާމް، ރޭންކް، މުއްދަތު އެނގޭ ލިޔުމެއް ހުށަހެޅުން.)

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމްތަކަށް ކުރިލަތިލާން އެދޭ ފަރާތްތަކުން، މަތީގައިވާ ލިޔުންތައް، 2015 އޮގަސްޓު 18 ވާ އަންގާރަ ދުވަހުގެ މެންދުފަހު 14:00 ގެ ކުރިން، މި ސެންޓަރަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތަކުގެ އިންޓަވިއުއާއި ޕްރެޒްނޓޭޝަނަސް ބެލުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލް ފަރާތަށް މި ވަޒީފާ ހަމަޖައްސައިދެވޭނޭއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3321330 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

18 ޝައްޥާލް 1436

06 އޮގަސްޓް 2015