ދިވެހިރާއްޖެ
އިޢުލާން
"ފަތްމިނި މައިޒާން" ތަރައްޤީ ކުރާނޭ ފަރާތެއް ހޯދުމާއި ބެހޭ
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ތަރައްޤީ ކުރާ "ފަތްމިނި މައިޒާން" ގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ އިޢުލާން ނަންބަރ (IUL)407-CA407/407/2024/65 އާއި ގުޅިގެން ހުށަހެޅިފައިވާ އެސްޓިމޭޓްތަކުގެ މުއްދަތަކީ މި މަސައްކަތް ކުރުމަށް އެކަށީގެންވާ މުއްދަތަކަށް ނުވުމާއި މަސައްކަތް ތާވަލްގައި ހުންނަން ޖެހޭ އަސާސީ މައުލޫމާތު ފުރިހަމަ ކޮށްފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް "ފަތްމިނި މައިޒާން" ތަރައްޤީ ކުރުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފީމެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 17 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުން ފެށިގެން 24 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް" ފުރުމަށްފަހު، އީމެއިލް އަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ، ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
އިޢުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލް:
ބީލާން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 17 ފެބުރުވަރީ 2025 އިން 24 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް |
ބީލަން ހުށަހެޅުން: 26 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 13:00 ގައި ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި |
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6822503 އަށް ގުޅުއްވުން އެދެމެވެ.