ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2025/11
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 25 ފެބުރުވަރީ 2025 20:30
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު - ފެބްރުވަރީ 2025

އިޢުލާން

ފެބްރުވަރީ 2025 ގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގައިވާ ކައުންސިލަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން 25 ފެބުރުވަރީ ވާ އަންގާރަ ދުވަހުގެރޭ 20:30 ގައި ލަންދޫ ކައުންސިލްގެ ކޮންފަރެންސް ރޫމްގައި އޮންނާނެއެވެ.

ބައްދަލުވުމުގެ އެޖެންޑާ

  • 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޙިއްސާކުރުން
  • 2024 ވަނަ އަހަރުގެ މާލީ ބަޔާން ޙިއްސާކުރުން
  • 2025 ވަނަ އަހަރުގެ ބަޖެޓް ޙިއްސާކުރުން
  • 2025 ވަނަ އަހަރަށް ހިންގުމަށް ރާވާފައިވާ ޙަރަކާތްތައް ޙިއްސާކުރުން

ވީމާ މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ލަންދޫގެ އެންމެހާ ރައްޔިތުންނަށް ދަޢުވަރު އަރުވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ފެބުރުވަރީ 2025