ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2015/190
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 17 އޮގަސްޓް 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސުޕަރވައިޒަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ސުޕަވައިޒަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް. 3 / އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

މަޤާމު ނަންބަރު

266880

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

ހާބަރ މެނޭޖްމަންޓް - އާންމު ޚިދުމަތްތަކާބެހޭ ބައި / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/4465ރ
  • ސަރވިސް އެލަވަންސް: -/1500ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ފަޅައް ވަދެ ނުކުމެވާ އުޅަނދު ފަހަރުގައި ފަޅުހުއްދަ އޮތްތޯ ބެލުން.
  2. މީހުން އަރާ ފައިބާ ސަރަހައްދުތަކުގައި މީހުންއަރުވާ ބޭލުން ނޫން ގޮތަކަށް އަޅައިގެންތިބޭ އުޅަނދުފަހަރު ނެގުން.
  3. މަސްމާރުކޭޓް ސަރަހައްދުގައި މަހަށް ނުފުރާތާ 7 ދުވަސްވާ އުޅަނދުފަހަރު ފާހަގަކޮށް އެފަދަ އުޅަނދުފަހަރާމެދު ފިޔަވަޅު އެޅުން.
  4. މަސްމާރުކޭޓަށް މަސް ބާލަން ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި މަސް ބޭލުންނޫންގޮތަށް އުޅަނދެއް އަޅާފައިވާ ނަމަ އެ އުޅަނދެއް ނެގުން އަދި ނުނަގާ އުޅަނދުފަހަރުގައި ސްޓިކަރ ޖެހުން.
  5. ބަނދަރުމަތީ އެއްވެސް ސަރަހައްދެއްގައި ގަވާއިދާ ޚިލާފަށް މުދާ ބަހައްޓާތޯ ބެލުމާއި އަދި ހުއްދަނެތި ބަހައްޓާ މުދާ ނެގުމާއި، އެފަދަ ތަކެތި ނެއްތައިލުމުގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ވަގުތުން ރިޕޯޓްކުރުން.
  6. މި ސަރަހައްދުން އުޅަނދުފަހަރަށް ތެޔޮ އަޅަން ހަމަޖެފިފައިވާ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދަކުން ތެޔޮ އަޅާނަމަ އެކަން ހުއްޓުވުން.
  7. ފައްތިއާ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ ފައްތިއާ ހުއްދަ އޮތްތޯ ބަލައި ޗެކުކުރުމާއި ހުއްދަ ނެތް ފަރާތްތަކާމެދު ފިޔަވަޅު އެޅުނ.ް
  8. އެއްގަމުގައި ދުއްވާ އުޅަނދު ފަހަރު އެއްގަމުތޮށި މައްޗަށް އަރުވައިގެން އުޅަނދު ފަހަރަށް މުދާ އަރުވައި ބާލާނަމަ އެކަން ހުއްޓުވައި އެ އުޅަނދެއް ތޮށިމަތިން ބޭލުވުން.
  9. ފަޅުގައިވާ އުޅަނދަކަށް ކެރޭން އަދި ކެރޭން ލޮރީ ބޭނުންކޮށްގެން ހުއްދަނެތި އެއްވެސް އެއްޗެއް އަރުވާ ބާލާނަމަ އެކަމެއް ހުއްޓުވުން.
  10. ފަޅުތެރޭގެ އެއްވެސް ސަރަހައްދަކަށް އުޅަނދެއް އަޑިއަށް ހިނގައްޖެ ނަމަ ސެކްޝަނަށް އެއުޅަނދާ ބެހޭ ރިޕޯޓު ކުރުން.
  11. ހުއްދަނެތް ސަރަހައްދަކުން މުދާ އަރުވާ ބާލާނަމަ އެކަންހުއްޓުވާ އެފަދަ އުޅަނދު ފަހަރާމެދު ފިޔަވަޅު އެޅުން.
  12. އެސަރަހައްދުގެ ނެރުބައްތިތަކާއި، ކަނޑުތޮށްޓާއި އެއްގަމުތޮށި ބެލެހެއްޓުމާއި، އެތަން ތަނަށް ލިބޭ ގެންލުންތަށް އޮފީހުގެ ކަމާބެހޭ ބަޔަށް ރިޕޯޓު ކުރުން.
  13. މީހުން އަރައި ފޭބުމަށް ޚާއްޞަ ސަރަހައްދުތަކާއި އެފަދަ އުޅަނދު ފަހަރު އަޅާފައި ބޭއްވުން މަނާ ސަރަހައްދުތަކުގައި އަޅައިގެން ތިބޭ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމާއި އެފަދަ އުޅަނދުފަހަރު އެތަންތަނުން ނެގުން.
  14. ފަޅުތެރޭގެ އެކި ކަންކަމާ ބެހޭގޮތުން ނަގަންޖެހޭ ރިޕޯޓުތަށް ނެގުމާއި ބަހަންޖެހޭ ލިޔުންތައް ބެހުން.
  15. މިސަރަހައްދު ބޭނުންކުރާ އެއްވެސް އުޅަނދަކުން ސަރަހައްދުގެ މޫދަށާއި އެއްގަމަށް ކުނި އަޅާތޯ ބެލުމާއި ކުނިއަޅާ އުޅަނދުފަހަރަށް ފިޔަވަޅުއަޅުމަށް "ކުނިމެނޭޖްކުރުމާއި ބެހޭ ގަވާއިދާ ޚިލާފުވުމުން ދެވޭ ސްލިޕް" ހަވާލުކުރުން.
  16. މީގެ އިތުރުންވެސް މަސައްކަތާ ގުޅޭގޮތުން މިސަރަހައްދުގައި ދިމާވާ ކަންކަން ސެކްޝަނުން އަންގާ އެންގުންތަކާ އެއްގޮތަށް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
  5. މުޢާމަލާތުކުރުމުގެ ހުނަރު.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 އޮގަސްޓު - ސެޕްޓެންބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

19 ޝައްވާލް 1436

04 އޮގަސްޓް 2015