ދިވެހިރާއްޖެ
ބާރަށު ކައުންސިލްގެ 4 ވަނަ ދައުރުގެ 36 ވަނަ އާއްމު ބައްދަލުވުމުން އަތިރިމަރީގައި ހުރި ރުއްތައް 26 ޖަނަވަރީ 2022 ވަނަ ދުވަހާއި ހަމައަށް ރަޖިސްޓްރީ ކުރެވިފައިވޭތޯ ބެލުމަށްފަހު، ރަޖިސްޓްރީ ކުރެވިފައި ނެތްނަމަ ރައްޔިތުންގެ ރުއް ކަމުގައި ނިންމާފައިވެއެވެ. އެހެންކަމުން މިރަށު އަތިރިމަތީގައި އިންދާފައި ހުރި ރުއްތަކުގެ ތެރެއިން ދެންނެވުނު ތާރީޚް ( 26 ޖަނަވަރީ 2022 ) އާއި ހަމައަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކޮށްފައި ހުރި ރުއްގަހުގެ ވެރިއަކުހުރިނަމަ މިއަދުން ފެށިގެން 27 ފެބުރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ދުރުވެ މައުލޫމާތު ދެއްވުން އެދެމެވެ.
މިރުއްތަކުގައި ނަމްބަރ ޖަހާފައިވާ ގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
# |
ސަރަހައްދު |
ނަންބަރު |
1 |
އުތުރު ބޯޅަދަނޑުގެ އުތުރު މަގުން ފެށިގެން އޭޓީއެމް އާއި ހަމައަށް |
01 ން 63 އަށް |
2 |
ކުޑަކުދިންގެ ޕާކުގެ ހުޅަނގުން މޫސީގީހިނގުމުގެ އުތުރަށް |
01 ން 105 އަށް |
3 |
ދުވާފަރުމަގުގެ ދެކުނުން މޫސީގީހިނގުމުގެ އުތުރަށެވެ. |
01 ން 274 އަށް |
މިރުއްތަކުގައި ފެހިކުލައިގެ ސްޕްރޭއިން ނަންބަރު ޖަހާފައި ހުންނާނެއެވެ. މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ޝަކުވާއެއް ލިބިފައި ނުވާނަމަ، ނުވަތަ މައުލޫމާތު ހިއްސާކޮށްފައިނުވާނަމަ އެތަކެއްޗާއިމެދު ހަމަޖެހިފައި އޮންނައުޞޫލުން ޢަމަލުކުރެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.
17 ޝަޢުބާން 1446