ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LMS/468/2025/42
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 20 ފެބުރުވަރީ 2025 12:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ދިގުވާނޑު "ރަބީޢުގެ" ރަޖިސްޓްރީއާއި ބެހޭ

ޏ.ފުވައްމުލަކު ދިގުވާނޑު، "ރަބީޢުގެ" އެވެ ކިޔާ ގޯއްޗަށް 2022 ޑިސެމްބަރ 28 ގައި ހަދާދެވިފައިވާ ނަންބަރު 468-FCC/IGR/2022/198 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން މި އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

           ވީމާ، މިދެންނެވި "ރަބީޢުގެ" ގޯތީގެ ރަޖިސްޓްރީ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 2025 ފެބްރުއަރީ 20 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.

17 ފެބުރުވަރީ 2025