ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)421/ESMSED/421/2025/11
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 27 ފެބުރުވަރީ 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 03 ވަނަ މަދަހަ މުބާރާތް

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2025/11

ތާރީޚް:

‏ 18 ޝަޢުބާން 1446

 17 ފެބުރުވަރީ 2025

ކައުންސިލްގެ 03 ވަނަ މަދަހަ މުބާރާތް

         ގދ.ވާދޫ ކައުންސިލުން ކޮންމެ އަހަރަކު ރަމަޟާން މަހު ބާއްވާ މަދަހަ މުބާރާތް މިއަރުވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.އެގޮތުން މިމުބާރާތް އަންނަ ރަމަޟާން މަހުގެ 20 ވާ ބުރާސްފަތި ދުވަހު ( 20 މާރޗް 2025 ) ގައި ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.

          ވީމާ،މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށްއެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 27 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ވާދޫކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.މިމުއްދަތުގެ ފަހުން ހުށަހަޅާއެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ގދ.ވާދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ.އަދި މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވެސް ހުންނާނެވެ.

          މިމުބާރާތުގައިބައިވެރިވާ އެކިއެކި އުމުރުފުރާތަކުން ވަނަތަކަށް ހޮވޭފަރާތްތަކަށް މިކައުންސިލުން ހަނދާނީ ލިޔުމާއި،ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާ ވާހަކަވެސް ދެންނެވީމެވެ.

 

 

 

 

 

                                                            ޙަސަން ޢަބްދުﷲ

                                                           ކައުންސިލްގެ ރައީސް

17 ފެބުރުވަރީ 2025