ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ވަގުތީ މުވައްޒަފުން ހޯދުމަށް 30 ޖޫން 2015 ގައި މި ޑިޕާޓްމަންޓުން ކޮށްފައިވާ IUL)120/1/2015/32) ނަންބަރުގެއިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މީހުން ލިބިފައިނުވާތީއާއި، އިޢުލާނުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު، މި ޑިޕާޓްމަންޓުގެ، ތިރީގައިމިވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
މަޤާމް |
އެގްޒެމިނަރ (ކޮންޓްރެކްޓް) |
||||
ބޭނުންވާ އަދަދު |
ދިވެހި މާއްދާގެ 9 އިސްލާމް މާއްދާގެ 9 |
||||
ޢުޖޫރަ: |
-/10،000 ރުފިޔާ |
||||
މުއްދަތު: |
އޮގަސްޓު 16 އިން ސެޕްޓެންބަރު 20 އަށް |
||||
އަސާސީ ޝަރުޠު: |
|
||||
މަޤާމުގެ މަސްއޫލިއްޔަތު: |
ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ސުވާލު ކަރުދާހާއި މާކިންގ ސްކީމް އެކުލަވައިލުން. |
||||
ވަޒީފާއަށް އެންމެ ޤާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން: |
ލިބިފައިވާ ތަޖުރިބާއާއި ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއުއިން ނުވަތަ ލިޔުމުން ޖަވާބުދާރީވާން ޖެހޭނެއެވެ. |
||||
އިންޓަރވިއު ކުރުން: |
މި މަޤާމްތަކަށް މީހުން ހޮވުމަށް އިންޓަވިއުކޮށް، ލިޔުމުން ޖަވާބުދާރީކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި) ނ- ވަޒީފާއެއް އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް. ރ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ. ބ- ވަޒީފާއަށް އެދޭ މީހާގެ ވަނަވަރު (ސީވީ) ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ. |
||||
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި: |
- މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ (ފިލާ ބިލްޑިންގ 2، ބޮޑުތަކުރުފާނު މަގު، 2 ވަނަ ފަންގިފިލާގެ) ކައުންޓަރަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 14:30 އެވެ. |
13 ޝައްޥާލުް 1436