ތަމްރީނު
ނަންބަރު: (IUL)459-A/1/2015/73
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 20 އޮގަސްޓް 2015 15:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ސޯޝަލް ސަރވިސް އާއި ކައުންސެލިންގގެ ކުރު މުއްދަތުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު

އިޢުލާން

އިޖުތިމާޢި ރައްކާތެރިކަމުގެ ޚިދުމަތްތައް ތަރައްޤީކޮށް، މި ޚިދުމަތްތައް އަތޮޅުތެރެއިން ލިބިގެން ދިއުމަކީ ރަށްރަށުގެ އިޖުތިމާޢީ ހާލަތު ރަނގަޅުވުމަށް ލިބިގެންދާނެ ބާރެކެވެ. އަތޮޅުތަކުގައި ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކެއް ޤާއިމުކުރެވިފައިވަނީވެސް، އިޖުތިމާޢީ ޚިދުމަތްތައް އަތޮޅުތެރެއަށް ފޯރުކޮށްދިނުމުގެ މަޤުޞަދުގައެވެ. އެ ސެންޓަރުތަކުން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނީ އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްދޭނެ ފަރާތްތަކެއް އަތޮޅުތެރެއިން ތަމްރީން ކުރެވިގެންނެވެ.

އެހެންކަމުން އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން ތަމްރީނުވެ މިފަދަ ޚިދުމަތްތައް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދިނުމުގެ ދާއިރާއިން ކުރު މުއްދަތުގެ ކޯސްތަކުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ. މީގެ ތެރޭގައި ހިމެނޭނީ ސޯޝަލް ސާރވިސްއާއި ކައުންސެލިންގ ދާއިރާގެ ކޯސްތަކެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ސީވީ ހުށަހެޅުއްވުން އެދެމެވެ. މި ކޯސްތަކަށް ހުށަހަޅުއްވާ ފަރާތްތައް ވާންވާނީ އޯލެވެލް ނުވަތަ އޭލެވަލް ނަތީޖާ ލިބިފައިވާ ފަރާތްތަކަށެވެ. ސީވީ ހުށަހަޅުއްވާނީ ކޮންމެ އަތޮޅަކުންވެސް އެއަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ނުވަތަ، އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. މި ތަމްރީން ދިނުމުގައި އިސްކަން ދެވޭނީ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތައް ޤާއިމުވެފައިވާ އަތޮޅުތަކުގެ ފަރާތްތަކަށެވެ. ސީވީ ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޮގަސްޓު 2015 ވަނަ ދުވަހުގެ 15:00 އެވެ.

21 ޝައްވާލު 1436

06 އޮގަސްޓް 2015