ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)IM/1/2015/23
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 12 އޮގަސްޓް 2015 11:30
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ކުލާހަށް ބޭނުންވާ ބައެއްތަކެތި ގަތުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

04 އޮގަސްޓް 2015