ދިވެހިރާއްޖެ
އަންދާސީހިސާބު
މިނިސްޓްރީއަށް ތިރީގައިވާ މެޝިންތައް ހޯދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު IUL)30-C/1/2015/34) އާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުވުމާ ގުޅިގެން، މިއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
- 01 ޕޯލްޓްރީ ފީޑް ޕެލެޓިންގ މެޝިން
- 01 ޕޯލްޓްރީ ފީޑް ގްރައިންޑިންގ މެޝިން
ވީމާ، ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
13 އޮގަސްޓު 2015 ބުރާސްފަތި ދުވަހުގެ 11:00 އަށް |
11 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339232/ 3339211 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.