ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2025/23
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 20 ފެބުރުވަރީ 2025 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް ބެހުމާ ގުޅޭ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހިރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާ މަސްދަޅު ކޭސް ކެނދިކުޅުދޫއަށް ލިބިފައިވާތީ އެތަކެތި ބެހުމުގެ މަސައްކަތް މިއަދު (16 ފެބުރުވަރީ 2025) ން ފެށިގެން 20 ފެބުރުވަރީ 2025 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާއި ހަމަޔަށް ކުރިއަށްދާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، ގޭބިސީތަކުން މަސްދަޅު ކޭހާއި ހަވާލުވުމަށްޓަކައި ޒިންމާދާރު ބޭފުޅަކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

17  ސަޢުބާން   1446

16  ފެބުރުވަރީ   2025

16 ފެބުރުވަރީ 2025