ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީ ކައުންސިލަށް ބޭނުންވާ ސްޕިޑް ލާންޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ތިނަދޫ ސިޓީ ކައުންސިލަށް ބޭނުންވާ ސްޕިޑް ލާންޗެއް ސަޕްލައިކޮށް ފޮރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 24 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 މާޗް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން |
ބީލަމަށް ރަޖިސްޓްރީކުރެއްވުން |
16 ފެބްރުއަރީ 2025 އިން 24 ފެބްރުއަރީ 2025އަށް |
24 ފެބްރުއަރީ 2025ގެ 14:00ގެ ކުރިން |
ތިނަދޫ ސިޓީ ކައުންސިލް ނުވަތަ އީމެއިލް މެދުވެރިކޮށް |
ބީލަން ހުށަހެޅުން |
06 މާޗް 2025 |
11:00 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް |
17 شَعبان 1446