ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-A/381/2025/22
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 11:04
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން

އިޢުލާން

ރައްޔިތުންނާއި ބައްދަލުކުރުން:

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 2025 ފެބުރުވަރީ 25 ވާ ހޯމަ ދުވަހުގެ 20:30 ގައި ދ.ކުޑަހުވަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަން ޙިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

  • 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
  • 2024 ވަނަ އަހަރުގެ މާލީބަޔާން

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

17 ޝައުބާން 1446

16 ފެބްރުއަރީ 2025

16 ފެބުރުވަރީ 2025