ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-A/374/2025/14
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 22 ފެބުރުވަރީ 2025 20:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ފެބްރުވަރީ މަހުގެ ބައްދަލުވުން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރެއްގެވެސް ފެބުރުވަރީ މަހުގައި ބާއްވާ ބައްދަލުވުން، 2025 ފެބުރުވަރީ 22 ވާ ހޮނިހިރު ދުވަހުގެރޭ 8:30 ގައި ގޮމަވަތި (އަންހެނުންގެ މަރުކަޒު) ގައި އޮންނާނެއެވެ.

މި ބައްދަލުވުމުގައި ހުށަހެޅުމަށް ހަމަޖެހިފައިވާ ކަންތައްތަކަކީ:

  1. 1.          2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުން.
  2. 2.          2024 ވަނަ އަހަރުގެ މާލީ ރިޕޯޓް ހުށަހެޅުން.
  3. 3.          2 ރިޕޯޓާ ގުޅޭގޮތުން ރައްޔިތުން ކުރައްވާ ސުވާލުތަކަށް ޖަވާބުދިނުން.

ވީމާ، މި ބައްދަލުވުމަށް ވަޑައިގަތުމަށް ނިލަންދޫގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

13 ޝަޢުބާން 1446

12 ފެބުރުވަރީ 2025

12 ފެބުރުވަރީ 2025