ދިވެހިރާއްޖެ
ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުން.
ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ރައްޔިތުންނަށް ބޭއްވޭ ބައްދަލު ވުމެއް، މި ހިނގާ ފެބުރުވަރީ މަހުގެ 21 ވާ ހުކުރު ދުވަހުގެ ރޭ 08:45 ގައި، ނ.މިލަދޫ ހިދާޔާ ސްކޫލްގައި އޮންނާނެއެވެ.
މި ބައްދަލު ވުމުގައި ރައްޔިތުންނާ މަޢުލޫމާތު ޙިއްޞާ ކުރާނީ، 2024 ވަނަ އަހަރުގެ ނ.މިލަދޫ ކައުންސިލްގެ އަހަރީ ރިޕޯރޓާ، މާލީ ހިސާބުތަކާ ގުޅޭގޮތުންނެވެ.
ރައްޔިތުންނާ ބައްދަލުކޮށް، މި ދެންނެވި މަޢުލޫމާތު ޙިއްޞާ ކުރިނަމަވެސް، މި މަޢުލޫމާތުތައް، މިއަދުން ފެށިގެން، ރަސްމީ ގަޑިގައި ބެއްލެވޭނެ އިންތިޒާމް މި އިދާރާގައި ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. މީގެ އިތުރުން ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިންކޮށް ވެސް ބެއްލެވޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.