ދިވެހިރާއްޖެ
މި އިޢުލާންވަނީ 15 ފެބުރުވަރީ 2025 14:24 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްދަޅު ބެހުމާ ގުޅޭ
ސަރުކާރުން އައްޑޫސިޓީގެ ރައްޔިތުންނަށް ބެހުމަށް ފޮނުއްވި މަސްދަޅު ބެހުމުގެ މަސައްކަތް އައްޑޫސިޓީގެ އަވަށްތަކުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2025 ފެބްރުވަރީ 15 ވާ ހޮނިހިރު ދުވަހުން ފެށިގެން ފެބްރުވަރީ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
މަސްދަޅު ބެހުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 1 ކޭސް މަގުންނެވެ. (ރަޖިސްޓްރީ ކުރެވިފައި ވީ ނަމަވެސް މީހުން ދިރި ނޫޅޭ ގެ ތަކާއި ފަޅު ގޯތި ތައް "ގޭބިސީ" ތެރޭގައި ނުހިމެނެއެވެ). މަސްކޭހާއި ޙަވާލުވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑާއިއެކު ވަޑައިގެންނެވުން އެދެމެވެ. އަދި އެފަރާތަކީ މަސްކޭސް ލިބޭ ގޭގެ ރަޖިސްޓްރީގައި ނަންއޮތް ފަރާތަކަށް ވާންވާނެއެވެ.
ތިރީގައި މި ދަންނަވަނީ އަވަށް ތަކުން މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކެވެ.
ގަޑި |
އަވަށް |
ކޮންމެ ދުވަހަކު 14:30 އިން 18:00 އަށް ކޮންމެ ރެއަކު 20:30 އިން 22:30 އަށް |
ހިތަދޫ |
ކޮންމެ ދުވަހަކު 16:00 އިން 18:00 އަށް ކޮންމެ ރެއަކު 20:30 އިން 23:00 އަށް |
މަރަދޫ |
ކޮންމެ ދުވަހަކު 16:00 އިން 18:00 އަށް ކޮންމެ ރެއަކު 20:30 އިން 23:00 އަށް |
މަރަދޫ ފޭދޫ |
ކޮންމެ ރެއަކު 20:30 އިން 23:00 އަށް |
ފޭދޫ |
ހޮނިހިރު ދުވަހު 14:30 އިން 18:00 އަށް ރަސްމީ ކޮންމެ ދުވަހަކު 09:00 އިން 18:00 އަށް |
ހުޅުދޫ |
ކޮންމެ ދުވަހަކު މެންދުރު 14:00 އިން 18:00 އަށް |
މީދޫ |
14 ޝައުބާން 1446
13 ފެބްރުވަރީ 2025