ދިވެހިރާއްޖެ
މި އިޢުލާންވަނީ 15 ފެބުރުވަރީ 2025 20:23 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރެވިފައިވާ ފޮތްތަކެއް ހޯދަން ބޭނުންވެއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާ ލިސްޓުގައިވާ ފޮތްތައް ތަރުޖާކޮށްފައިވާ ނުވަތަ ތަރުޖަމާ ކުރަމުންދާ ފަރާތްތަކަށެވެ.
އަދި މިފޮތްތައް ތަރުޖަމާކުރައްވާފައިވާ ފަރާތްތަކަކީ، ދީނީ ވަޢުޒު ވިދާޅުވުމަށް މިމިނިސްޓްރީ އިން ހުއްދަ ދީފައިވާ ޢިލްމުވެރިން ކަމުގައިވާންވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 ފެބްރުވަރީ 18 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.office.com/r/XfeQZ2cTme
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ފެބްރުވަރީ 24 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 ފެބްރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020252 / 3020261 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.