ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)244-ESMSMS/244/2025/6
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 18:39
ސުންގަޑި: 25 ފެބުރުވަރީ 2025 11:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރު ރަމަޟާންމަހު އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާ ޙާފިޘުގެ ހުރުން، ކެއުން އަދި ޙާފިޘުންގެ އަންނައުނު ދޮވެ، އިސްތިރިކުރުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ނަންބަރ: IUL)244-ESMSMS/244/2025/6

އިޢުލާން

 

  1446 ވަނަ އަހަރު ރަމަޟާންމަހު އިމާމުވެ ޙިފްޘުކޮށް ތަރާވީޙު ނަމާދުކުރާ ޙާފިޘުގެ ހުރުން، ކެއުން އަދި  ޙާފިޘުގެ އަންނައުނު ދޮވެ އިސްތިރިކުރުމުގެ މަސައްކަތަށް އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  މި މަސައްކަތަށް އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) 25 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، [email protected] ، [email protected] އަށް 25 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ހުށަހެޅުއްވުން އެދެމެވެ. އަދި ސުންގަޑި ހަމަވުމުން ހުށަހަޅާ އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) ބަލައި ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 25 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 9:00 އިން 13:00 އަށް މި އިދާރާގެ ނަމްބަރު 6500107 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

  މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

 

13 ފެބުރުވަރީ 2025