ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2025/32
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 16:08
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން ހަދިޔާކުރައްވާފައިވާ މަސްދަޅުކޭސް ބެހުމާއި ގުޅޭ

       1446 ވަނަ އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދިވެހި ރައްޔިތުންނަށް ބެހުމަށް ފޮނުވާފައިވާ މަސްދަޅު ކޭސް ކުޅުދުއްފުއްޓަށް ވަނީ ލިބިފައެވެ. މި މަސްދަޅު ކޭސްތައް ކުޅުދުއްފުށީގެ ގެތަކަށް ބެހުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، 17 ފެބްރުއަރީ 2025 ވަނަ ދުވަހުން ފެށިގެންނެވެ.

މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން ހަވީރު 6:00 އާ ހަމައަށް، ވަކި ސަރަހައްދުތަކަކަށް ބަހާލައިގެންނެވެ. އެދުވަހަކު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި ގަޑިތަކުގެ މަޢުލޫމާތު އިދާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރިއާލާ ޝާއިޢުކުރެވޭނެއެވެ.

ކުޅުދުއްފުށީގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގެ ކޮންމެ ގޭބީސީއެއްގެ ކަރަންޓް މީޓަރ އަށް ބަލައިގެންނެވެ.

މަސްދަޅުކޭސް ގޭބީސިތަކަށް ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި މަސްދަޅު ކޭސް އާއި ހަވާލުވާ ފަރާތް، އައިޑީ ކާޑު ހިއްޕަވައިގެން ހުންނެވުން އެދެމެވެ.

13 ފެބުރުވަރީ 2025