ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: H/IUL/2025/28
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 03 މާރިޗު 2025 12:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް-ކްލާސް ކޮމްޕިއުޓަރ ސިސްޓަމް އަދި ވިންޑޯވްސް ލައިސަންސް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

މާލެ، ދިވެހިރާއްޖެ                                                                                     

                                                                ނަންބަރު: H/IUL/2025/28

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ތިރީގައި ދެންނެވިފައިވާ އައިޓަމްތައް މި ކުންފުންޏަށް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

Item

Description

Qty

1

Business-Class Computer System

50

2

Monitors 24 inch

100

3

Windows 11 Pro Volume License

(Should be able to add to Cloud Solution Provider Program (CSP))

50

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/500 (ފައްސަތޭކަ) ރުފިޔާއަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މިފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތްތަކަށެވެ.

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2025 ފެބުރުވަރީ 16 އިން 2025 މާރިޗު 03 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2025 ފެބުރުވަރީ 16 އިން 2025 މާރިޗު 03 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2025 މާރިޗު 03 (ހޯމަ)

11:00 ގައި

އަގު ހުށަހެޅުން

2025 މާރިޗު 09 (އާދީއްތަ)

11:00 ގައި

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000/-ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބުކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ ބީލަން ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ ބީލަން ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

14 ޝައުބާން 1446

13 ފެބުރުވަރީ 2025

ނޯޓް:

  • މި އިއުލާނަށް އަންދާސިހިސާބު ހުށަހަޅުއްވާ ފަރާތްތަކާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ މުވައްޒަފަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް އަންދާސިހިސާބާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ މައޫލޫމާތު ހިއްސާ ނުކުރައްވާ ފަރާތްތަކުގެ އަންދާސިހިސާބު ބާޠިލު ކުރެވޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން އަންދާސިހިސާބު ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338472 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
 
13 ފެބުރުވަރީ 2025