ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)367-AS/367/2025/15
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 26 ފެބުރުވަރީ 2025 00:00
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ މަހު ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ބާއްވަންޖެހެއެވެ. މިގޮތުން މިކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ބާއްވާ ބައްދަލުވުން 26 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައި ކޮޅުފުށީ ޕްރީސްކޫލުގައި އޮންނާނެއެވެ. މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.

  1. 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރައްޔިތުންނާއި ހިއްސާކުރުން.
  2. 2024 ވަނަ އަހަރުގެ ކައުންސިލުގެ މާލީ ރިޕޯޓު ރައްޔިތުންނާއި ހިއްސާކުރުން.
  3. 2025 ވަނަ އަހަރުގެ ފާސްކުރުވުނު ބަޖެޓު ރައްޔިތުންނާއި ހިއްސާކުރުން.
  4. މިހާރު ހިނގަމުންދާ މުހިންމު ޕްރޮޖެކްޓުތަކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރުން.
  5. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން

ވީމާ، މިބައްދަލުވުގައި ބައިވެރިވެލެއްވުމަށް ރަށުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވައި މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 ފެބުރުވަރީ 2025