ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ 12 ކުލާސްރޫމުގައި އަމިއްލަ ތަކެތީގައި މަލްޓި މީޑިއާ ޕްރޮޖެކްޓަރ ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
1. ގަންނަން ބޭނުންވާ ތަކެތީގެ ތަފުސލު
Item |
Multi Media Projector |
Qty |
10 |
Specification |
Multimedia projector (branded) Brightness: 2800 Lumens Resolution: 1024 x 768 ( XGA ) Contrast Ratio 3000:1 Lamp Life: 4000 hours ( 6000 hours Econ mode ) Keystone: Vertical & Horizontal Inputs: HDMI, VGA, Composite 6x6ft Manual Pull down Screen Projector Bracket HDMI Cable Receptacle Penal (VGA, Composite) Installation of projector and screen & basic training. |
Warranty (Service & Parts) |
|
2. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
ހ. ވޮރެންޓީ ދޭ ގޮތުގެ ތަފުސީލު ހުށަހަޅަންވާނެއެވެ.
ށ. ކަނޑައަޅާފައިވާ ސްޕެސިފިކޭޝަނަށްވުރެ ދަށް ސްޕެސިފިކޭޝަނެއްގެ ހުށަހެޅުންތަކަށް، އިވެލުއޭޓްކުރާ މަރުޙަލާގައި ޕޮއިންޓެއް ނުދެވޭނެއެވެ.
ނ. އެގްރިމެންޓްގައިވާ މުއްދަތުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ޖުމްލަ އަގުން ދުވާލަކަށް %0.75 އިންސައްތަ ޖޫރިމަނާގެ ގޮތުގައި ކެނޑޭނެއެވެ.
ރ. ޖޫރިމަނާގެ ގޮތުގައި ކެނޑޭ މިންވަރު މަސައްކަތުގެ ޖުމުލަ އަގުގެ % 15 އިންސައްތައަށްވުރެ އިތުރުވެއްޖެނަމަ އެހާ ހިސާބުން ފެށިގެން މަސައްކަތް ޙަވާލުވާ ފަރާތުން މަސައްކަތް ވަކިވާނެއެވެ.
ރ. އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
ބ. އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.
ޅ. އަގު ހުށަހަޅާ ފަރާތުން ވިއްކަން ގަސްދުކުރާ ޕްރޮޖެކްޓަރތަކުގެ ސްޕެސިފިކޭޝަނާއި، ބްރޭންޑާއި ފޮޓޯ ވަކިވަކިން އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.
ކ. އަންދާސީހިސާބުގައި މަސައްކަތް ނިންމައިދޭނެ މުއްދަތު ބަޔާންކުރަންޖެހޭނެއެވެ.
3. ޕޮއިންޓް ދޭނެގޮތް:
- 80 ޕޮއިންޓް އަގަށް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 10 ޕޮއިންޓް މުއްދަތަށް (އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 10 ޕޮއިންޓް ތަޖުރިބާ (2010 ވަނައަހަރުން ފެށިގެން 2014 އޮކްޓޫބަރުމަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް މިފަދަ މަސައްކަތް ކޮށްދީ، ވޮރެންޓީގެ މުއްދަތުގައި އެންމެ ރަނގަޅަށް ޚިދުމަތް ފޯރުވައިދިނުމަށް އެންމެ ގިނަ ޕޮއިންޓް)
4. ހުށަހަޅަންޖެހޭ ތަކެތި:
ހ. ކުންފުންޏަކުން ނުވަތަ ޕާޓްނަރޝިޕަކުން ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، އަމިއްލަ ފަރާތްތަކުން ހުށަހަޅާނަމަ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ، އަދި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރިކަމުގެ ލިޔުމުގެ ކޮޕީ.
ށ. ކުންފުނީގެ ޕްރޮފައިލް.
ނ. އަގު ހުށަހަޅާ ފަރާތުން ފާއިތުވި 02 އަހަރު ވިއްކާފައިވާ، މިފަދަ ތަކެތީގެ ލިސްޓު. (މި ލިސްޓުގައި ވިއްކިތަކެތީގެ އަދަދާއި ބާވަތާއި އަގު އަދި ތަކެތި ވިއްކާފައިވާ ތަނެއްވެސް އެނގެން އޮންނަންވާނެއެވެ.)
ރ. ފާއިތުވި 02 އަހަރުގެ ތެރޭގައި މިބާވަތުގެ ޚިދުމަތެއް ފޯރުވައިދީފައިވާ ފަރާތްތަކުން، ޚިދުމަތަކާ ގުޅޭގޮތުން ލިބިފައިވާ ލިޔުންތައް. (ތަޖުރިބާއަށް ޕޮއިންޓްދިނުމުގައި މިބާވަތުގެ ލިޔުންތަކަށް އިސްކަންދެވޭނެއެވެ.)
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮގަސްޓު 2015ވާ ބުދަ ދުވަހުގެ 11:00އަށް ހިތާދޫ ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6600314 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
18 ޝައްވާލް 1436