ދިވެހިރާއްޖެ
ތިރީގައި ބަޔާންކުރެވިފައިވާ ކުންފުނިތަކުގެ ލިކުއިޑޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ދެވޭ ދަޢުވަތު
ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ، މޯލްޑިވްސް އެންޓަރޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް އުވާލުމަށް ސަރުކާރާއި، އަދި މި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާތީ، ކުންފުންޏާބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި ދެ ކުންފުނި އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ލިކުއިޑޭޓަރެއް އައްޔަން ކުރުމަށް ކުރެވުނު އިޢުލާނު ނަންބަރު IUL)454/454/2015/4) ބާޠިލުކޮށް، މިދެ ކުންފުނީގެ އިތުރުން ތިރީގައި ބަޔާންކުރެވިފައިވާ ކުންފުނިތަކުގެ ލިކުއިޑޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އަންނަނިވި ލިސްޓުގައިވާ ކުންފުނިތައް އުވާލުމުގައި ލިކުއިޑޭޓަރއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް 16 އޮގަސްޓު 2015ވާ އާދީއްތަ ދުވަހުގެ 10:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އައު އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 އޮގަސްޓު 2015ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ. އަދި މި މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) އަށް އިތުރު ބަދަލެއް ގެނުވައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ވެބްސައިޓު http://www.finance.gov.mv ގައި ޝާއިޢު ކުރެވިފައި ވާނެއެވެ.
ލިކުއިޑޭޓް ކުރުމަށް ބޭނުންވާ ކުންފުނިތަކުގެ ލިސްޓު
1- މޯލްޑިވްސް އެންޓަރޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑް
2- މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް
3- ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑް
4- ނޯދަން ޔުޓިލިޓީޒް ލިމިޓެޑް
5- ސައުތު ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑް
6- ސަދަން ޔުޓިލިޓީޒް ލިމިޓެޑް
7- އަޕަރ ނޯތު ޔުޓިލޓީޒް ލިމިޓެޑް
8- އަޕަރ ސައުތު ޔުޓިލިޓީޒް ލިމިޓެޑް