ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2025-12
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 20 ފެބުރުވަރީ 2025 16:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ)

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. 

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

ސީނިއަރ އޮފިސަރ - ގްރޭޑް 1

އަސާސީ މުސާރަ:

މަހަކު -/7,000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -2800/ރ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާއެއް ޙާސިލުކޮށްފައިވުން ނުވަތަ،

- ޖީ.ސީ. އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2-4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަޝްރޫޢުތަށް ކުރިއަށްދާގޮތުގެ ސްޓޭޓަސް އަޕްޑޭޓް ކުރުމަށް ބޭނުންވާ މަޢުލޫމާތު ޕްރޮޖެކްޓް މެނޭޖަރުންގެ ފަރާތުން ހޯދައި އެމަޢުލޫމާތުތައް އެންޓަރ ކުރުން.
  • މަޝްރޫޢުތަކާއި ގުޅިގެން ދުވަހުން ދުވަހަށް ނިންމަންޖެހޭ އެންމެހާ މަސައްކަތްތަށް ވެރިއެއްގެ އިރުޝާދުގެ ދަށުން ނިންމުން.
  • މަޝްރޫޢުގެ ލިޔެކިޔުންތަކާއި، ހުއްދަތަކާއި، ތާވަލުތަކުގައި އެހީތެރިވުން.
  • މަޝްރޫޢުގެ ކުރިއެރުމާއި، ސުންގަޑިތަކާއި، ބަޖެޓް ޚަރަދުތައް ބެލެހެއްޓުން.
  • މަޝްރޫޢޫތަކަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުމާއި މާލީ ރިޕޯޓު ހެދުމުގައި އެހީތެރިވުން.
  • މަޝްރޫޢު މެނޭޖްކުރުމާއި ލިޔެކިޔުންތަކަށް ބޭނުންކުރާ ސޮފްޓްވެއަރ ސިސްޓަމްތައް ބެލެހެއްޓުން.
  • މަޝްރޫޢުތަކުގެ ޚަރަދު ކުރެވެމުންދާ ގޮތް ބެލުމުގައި އެހީތެރިވުން.
  • މަޝްރޫޢުތަކުގެ ލައިސަންސްތަކާއި، ހުއްދަތަކާއި، ސެޓްފިކެޓްތައް ބެލެހެއްޓުން.
  • މަޝްރޫޢުތަކާ ގުޅޭ ފައިލިންގ ސިސްޓަމްތަކާއި، ޑޮކިއުމަންޓޭޝަން އަދި ލިޔެކިޔުންތައް ބެލެހެއްޓުން.
  • މަޝްރޫޢުތަކާއި ގުޅޭގޮތުން އަންނަ ސިޓީ އަދި މެއިލްތަކަށް ވެރިއެއްގެ އިރުޝާދުގެ ދަށުން ޖަވާބުދީ އަދި އަޅަންޖެހޭ ފިޔަވަޅު އެޅުން.
  • މަޝްރޫޢުތަކަށް ބޭނުންވާ މީހުން ހޯދުމަށް މަޢުލޫމާތު އެޗްއާރްއަށް ފޮނުވުން.
  • މަޝްރޫޢުތަކަށް ބޭނުންވާ ތަމްރީންތަކާއި ގުޅޭ މަޢުލޫމާތު އެޗްއާރްއަށް ފޮނުވުން.
  • މަޝްރޫޢުތަކާއި ގުޅިގެން ބޭއްވޭ ބައްދަލުވުންތަކުގެ އެޖެންޑާ، ޔައުމިއްޔާ އަދި ރިޕޯޓުތައް ތައްޔާރުކުރުން.
  • ޑިޕާޓްމަންޓަށް ބޭނުންވާ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ކަމާބެހޭ ޑިޕާޓްމަންޓަށް ފޮނުވައި ތަކެތި ހޯދުމަށްފަހު، މުވައްޒަފުންނަށް ބޭނުންވާ ތަކެތި ދޫކުރުން.
  • މަޝްރޫޢުތަކުގެ ކޮންޓެކްޓް ލިސްޓާއި އީމެއިލްތައް އަޕްޑޭޓްކޮށް ކަމާބެހޭ ފަރާތަތްކަށް ސަރކުއުލެޓްކޮށް ރެކޯޑްސް ބެލެހެއްޓުން.
  • އަދި މިނޫނަސް ވެރިން ހަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.

ސުންގަޑި:

- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ / މާރިޗް މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 ޝައުބާން 1446

13 ފެބުރުވަރީ 2025