މަސައްކަތް
ނަންބަރު: 369/IUL/2015/34
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 09 އޮގަސްޓް 2015 14:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަކުޑި ކުދިދޮރުތަކާއި، ސީލިންގފަންކާތައް ބަދަލުކުރާނެ ފަރާތެއް ހޯދުން.

މ.މަޑުއްވަރީ މަސްޖިދުލް ޢަމަލު މިސްކިތުގައިހުރި ލަކުޑި ކުޑަދޮރުތަކާއި ސީލިންގފަންކާތައް ނައްޓައި، އެލްމެނިއަމް ކުޑަދޮރުތަކާއި ސީލިންގފަންކާތައް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އެލްމެނިއަމް ދޮރު ދިނުމުން އެހެނިހެން ތަކެއްޗާއި، މަސައްކަތްތައް އަމިއްލަތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 14:00އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މ.މަޑުއްވަރީކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން މިއިދާރާއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރުގައާއި، އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތުގެއާއި، ހުށަހަޅުއްވާ ފަރާތުގެ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ކޮޕީ ނޫނީ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މާކްސް ދިނުމުގައި އަންދާސީހިސާބުތައް އެވުލުއޭޓް ކުރާ ކޮމިޓީން ބަލާނެ މިންގަނޑު

  1. އެންމެ ކުޑައަގަށް :               %75
  2. މަސައްކަތް ނިންމަދޭނެ އެންމެކުރު މުއްދަތަށް: % 15
  3. ފަންނީ ގޮތުން ޤާބިލުކަން ހުރި މިންވަރަށް:  %5
  4. ތަޖުރިބާއަށް: %5                                            

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

15 ޝައްވާލް 1436

02 އޮގަސްޓް 2015