ޢާންމު މަޢުލޫމާތު
                	
                ނަންބަރު: P4C-B/2025/05
                    ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2025
                    ޕަބްލިޝްކުރި ގަޑި:  09:09
                                            ސުންގަޑި: 
                            27 ފެބުރުވަރީ 2025 13:30
                        
                    
                ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޝަރުޢީ އަގުކޮމިޓީއެއް އެކުލަވާލުން
                                ޝަރުޢީ އަގުކޮމިޓީއެއް އެކުލަވާލުން
ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޝަރުޢީގޮތުން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި އަގުކޮމިޓީގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއެވެ.
- މުއްދަތް : 03 އަހަރު
 - މަސައްކަތުގެ އުޖޫރަ: މަސައްކަތުގައި އުޅޭ ކޮންމެ ދުވަހަކަށް -/300(ތިންސަތޭކަ) ރުފިޔާ.
 
ޝަރުޠު:
- ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތު ލިބިފައިވުމާއި އަދި އެކަމަށް އެކަށޭނެ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން ނުވަތަ ލިޔަންކިޔަން އެނގުން.
 
ކުރަންޖެހޭ މަސައްކަތް:
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން، އަގު ކުރަންޖެހޭ ޢިމާރާތްތަކާއި، ތަންތަނާއި، ތަކެތި އަގުކުރުން.
 
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަކޮށްފައިވާ، އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް
2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
4- މަސައްކަތު ތަޖުރިބާގެ ލިޔުން.
5- މެމްބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު
މިކަމަށް އެދޭ ފަރާތްތަކުން 27 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިކޯޓަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
                13 ފެބުރުވަރީ 2025