ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2025/28
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 16:05
ސުންގަޑި: 02 މާރިޗު 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޛިކުރު މަދަޙަ މުބާރާތް 1446

"ޛިކުރު މަދަހަ  މުބާރާތް 1445" ވެގެން ދިޔައީ ގައްދޫގެ މުވައްސަސާތަކާއި ރައްޔިތުންގެ ތަރުޙީބު ލިބުނު މުބާރާތަކަށެވެ. އެހެންކަމުން، މިދިޔަ އަހަރުގެ މުބަރާތާއި ޚިލާފަށް މިއަހަރުގެ މުބާރާތުގައި މުވައްސަސާތަކުގެ ގްރޫޕް މަދަޙަ، މުވައްސަސާތަކުގެ ބައި، އަދި ޢާންމުންގެ 16 އަހަރާއި 20 އަހަރާއި ދެމެދު، 21 އަހަރާއި 30 އަހަރާއި ދެމެދު އަދި 31 އަހަރުން މަތީގެ ބައިތަކަށް ވަކި ވަކި އިނާމް ހުށަހެޅިފައިވާނެއެވެ. އަދި ހަމަ އެހެންމެ، މުވައްސަސާތަކުގެ މަދަހަ ގްރޫޕުގައި ޢާންމުންގެ ތެރެއިން ދެ ބައިވެރިއެއްގެ ނަން ޖެހުމުގެ ފުރުޞަތު ވެސް މިފަހަރު ހުޅުވާފައިވާނެއެވެ. މުބާރާތް ކުރިޔަށްދާނީ 2025 މާރިޗް 10 އަދި 2025 މާރިޗް 11 ގައެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 02 މާރިޗް 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށެހެޅުއްވުން އެދެމެވެ. އަދި 06 މާރިޗް 2025 ގެ ކުރިން މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅައިދޭ މަދަހައިގެ ކޮޕީ ލިޔުމުން މިއިދާރާއަށް ހުށެހެޅުއްވުން އެދެމެވެ.

މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާއްމުކުރި ވާހަކަވެސް ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދަރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެއެވެ. ހުށަހަޅާ ފޯމްތައް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 7551871 ނަންބަރު ފޯނަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

12   ފެބްރުއަރީ   2025

12 ފެބުރުވަރީ 2025