| 
 އިޢުލާން 
 | 
| 
 ތާރީޚް:  
 | 
 11 ފެބުރުވަރީ 2025 
 | 
 ނަންބަރު: 
 | 
 (IUL)401-E/401/2025/12 
 | 
| 
 12 ޝަޢުބާން 1446 
 | 
 އިޢުލާނުގެ ވަނަ: 
 | 
 01 
 | 
| 
 1446 ވަނަ އަހަރުގެ ރަމަޟާންމަހުއިމާމުވެ ޙިފްޡްކޮށް ތަރާވީޙް ނަމާދުކުރުމަށް ގެނެވޭ ޙާފިޡުންގެ ހުރުމާއި، ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ   
 | 
| 
 1146 ވަނަ އަހަރުގެ ރަމަޞާންމަހު އިމާމުވެ ޙިފްޡްކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖެހިފައިވާ ޙާފިޡްންގެ ހުރުމާއި،ކެއުން ހަމަޖައްސައި ދޭނެ  ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ،މިކަން އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. 
 | 
| 
 ބީލަމުގައި ރަޖިސްޓްރީވުން 
 | 
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ  -/150ރ އެވެ.
 
- ރަޖިސްޓްރީ ވުމަށްޓަކައި 16 ފެބްރުވަރީ 2025 (އާދީއްތަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
 
 
-          ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.gle/KrigxBdxe8JWBw537 
 | 
| 
 މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން 
 | 
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 
 
- އިތުރު މަޢުލޫމާތު admin@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
 
 
 | 
| 
 ބީލަން ހުށަހެޅުން / ބީލަން ހުޅުވުން 
 | 
- ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 20 ފެބްރުވަރީ 2025 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
 
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
 
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 20 ފެބްރުވަރީ 2025 (ބުރާސްފަތި) ދުވަހުގެ 13:30ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
 
- ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ފޮނަދޫ ކައުންސިލްގެ މީޓިންގރޫމް ގައެވެ.
 
 
 | 
| 
   
  
  
  
 | 
   
  
  
  
  
 | 
| 
   
 | 
| 
   
 |