ޢާންމު މަޢުލޫމާތު
ނަންބަރު: IP/2025/2
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:36
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލް

ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލް

1. ތައާރަފް:

މިއީ، ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނުގެ 7 ވަނަ މާއްދާއާއި އެޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ފުރިޙަމަ ބާރުލިބިގެން، ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމުގައި ޢަމަލުކުރަންވީ ގޮތްތައް ކަނޑައަޅާ ބަޔާންކުރާ ޤަވައިދާއި ޤާނޫނު ނަންބަރު:2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޟޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ށ) އިން ފުރިޙަމަ ބާރުލިބިގެން އެކުލަވާލެވުނު ކުނި އުކާލުމަށާއި، ކުނި ނައްތާލުމުގެ ޤަވަޢިދުގެ ދަށުން ހަދާފައިވާ، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫގައި ކުނި މެނޭޖްކުރުމުގެ އުޞޫލެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ 2019 ޖުލައި މަހުން ފެށިގެންނެވެ.

 

2. ކުނި ޖަމާކޮށްފައި ބެހެއްޓުން:

(ހ) މި އުސޫލުގެ ދަށުން އަމިއްލަ ފަރުދުންގެ ގޯތިތެރޭގައާއި ސައިހޮޓާ، ކެފޭ ރެސްޓޯރަންޓް، ސަރުކާރުގެ އެންމެހާ މުއައްސަސާތައް، ކުލަބު ޖަމުއިއްޔާ، ސިނާއީ މަސައްކަތް ކުރުމަށް ދޫކުރެވިފައިވާ ސަރަހައްދުތައް، އިޖްތިމާއީ ސަރަހައްދުތައް އަދި މިނޫންވެސް އެހެނިހެން ތަންތަނުގައި ކުނި ޖަމާކުރުމަށް ޙައްސަކުރެވިފައިވާ ތަނެއް ކަނޑައެޅި ޙާއްސަކުރެވިފައި ހުންނަންވާނެއެވެ.

(ށ) ކުނި ޖަމާކުރުމަށް ޙާއްސަކުރެވިފައިވާ ތަން/ތަންތަން ފިޔަވައި އިތުރު އެއްވެސް ތަނެއްގައި ކުނި ޖަމާކޮށް ނުވަތަ އެއްކޮށްފައި ބެހެއްޓުމަކީ މަނާކަމެކެވެ.

(ނ) ކުނި ނެގުމަށްޓަކައި، މި ކައުންސިލްގެ ބެލުމުގެދަށުން ހިންގާ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މުވައްޒަފުން ގޭގެއަށް ނުވަތަ ކުނި ނެގުމަށް ކަނޑައެޅިފައިވާ ތަންތަނަށްގޮސް ކުނި ނަގާއިރު، ކުނިބެހެއްޓުމަށް ކަނޑައަޅާފައިވާ ތަން/ތަންތަން ފިޔަވައި އެހެން ތަންތަނަށް ޖަމާކޮށްފައިވާ އެއްވެސް ކުންޔެއް ނުނަގާނެއެވެ.

 

3. ކުނި ޖަމާކޮށްފައި ބެހެއްޓުން:

ފީ ނެގިގެން ކުނި އުކާލެވޭ އެންމެހާ ތަންތަނުން، ތިރީގައިމިވާ 5 ބަޔަކަށް ކުނި ވަކިކުރަންވާނެއެވެ.

(ހ) ބަދިގެއިން އުކާލާ ކާބޯތަކެތީގެ ބާވަތްތައް.

(ށ) ފަތްކުނި.

(ނ) ނެޕީ

(ރ) ދަޅުފުޅި.

(ބ) އެހެނިހެން ހުރިހާ ކުންޔެއް އެއްކޮށް. (މިގޮތަށް އެއްކޮށް އުކާލެވޭ ކުނީގެ ބައިތައް ކުނިކޮށީގައި އިތުރު ބައިތަކަށް ވަކިކުރެވޭނެއެވެ)

 

4. ރަށުގައި ކުނި ޖަމާކުރެވޭ ތަންތަން:

ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ޤަވައިދުގެ ދަށުން ކުނި އެޅޭނެ ތަންތަނުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ ތަންތަނަކީ؛

(ހ) ރަށުގެ އިރުމަތީކޮޅު ދެކުނުފަރާތު ކަންމަތީގައި އަލަށް އިމާރާތް ކޮށްފައިވާ ރ. އިންނަމާދޫ ކުނިމެނޭޖުކުރާ މަރުކަޒު. (މިކުނި ކޮށްޓަށް އަޅާނީ ފަތް ކުންޏާއި ގޭބިސިތަކުގައި އުފެދޭ އެންމެހައި އާންމު ކުންޏެވެ).

(ށ) ރަށު އިރުމަތީކޮޅު ފެނަކަ އާރު އޯ ބިލްޑިންއިން ފެށިގެން 300  ފޫޓު އިރަށް. (މިސަރަހައްދަށް އަޅާނީ އިމާރާތްތައް ތަޅާލައިގެން އުފެދޭ ގައު ކުނީގެ ބާވަތް ތަކެވެ).

(ނ) ރަށުގެ އިރުމަތީކޮޅުގައި އަލަށް އިމާރާތް ކޮށްފައިވާ ރ. އިންނަމާދޫ ކުނިމެނޭޖުކުރާ މަރުކަޒުގެ (އިރުމަތިން އޮންނަ ކުނިއަޅަން ހާއްސަ ކުރެވިފައިވާ ބިން) މިސަރަހައްދައް އަޅާނީ ރުއްގަހުގެ ބައިތަކާ ގަސްލަކުޑީގެ ބައިތަކެވެ.

 

5. ކުނި އުފުލުން:

(ހ) އިޖުތިމާއީ ސަރަހައްދު ތަކާއި، ގޭބިސީތަކާއި، ކެފޭ/ރެސްޓޯރަންޓް/ހޮޓާ އަދި ސަރުކާރުގެ މުއައްސަސާތަކުން އުފެދޭ އާންމު ކުނީގެ ބާވަތްތައް ކުނި ޖަމާކުރުމަށް ކަނޑައަޅާފައިވާ ތަނަކަށް ޖަމާކުރުމުން އެތަކެތި ކުނި ޖަމާކުރުމަށް ހާއްސަކުރެވިފައިވާ ކުނިކޮށްޓަށް އުފުލާނީ، ކައުންސިލުން އެހެން ގޮތެއް ކަނޑަނާޅާ ހިނދަކު، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މުވައްގަފުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތްތަކުންނެވެ.

(ށ) ރަށުގެ ސިނާއީ ސަރަހައްދުގައި އުފެދޭ ކުނި، ކުނި އެޅުމަށް ހަމަޖެހިފައިވާ ކުނިކޮށްޓައް އުފުލާނީ، ކައުންސިލުން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދަކު އެފަރާތްތަކުން އަމިއްލަޔަށެވެ.

(ނ) ގަޢު ކުނި އުފުލާ އުކާލަންވާނީ އެފަރާތްތަކުން އަމިއްލަޔަށް، މިކައުންސިލުން ގައު ކުނި އެޅުމަށް ހަމަޖެހިފައިވާ، ބަނދަރުގެ އިރުމަތީ ފަރާތުގެ މަސްކަނޑާ އަށީގެ އިރުމަށްޗަށް ވާގޮތަށް ފެނަކަ އިންޖީނުގެއާ ހަމައަށް ގޮނޑުދޮށަށެވެ.

 

6. ކުނި އުކާލަން ކަނޑައަޅާފައިވާ ސަރަހައްދުތަކާއި އިޖުތިމާއީ ސަރަހައްދުތަކާއި އަމިއްލަ ގޯތީގައި ކުނި އެންދުން:

(ހ) މި އުސޫލަށް އަމަލުކުރަންފަށާ ތާރީޙުން ފެށިގެން މީހުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކާއި އިޖްތިމާއީ އަދި ސިނާއީ ސަރަހައްދުތަކާއި ސަރުކާރުގެ މުއައްސަސާތަކާއި ކެފޭ ރެސްތޯރަންޓް އަދި ހޮޓާ ފަދަ ތަންތަނުގައި އާންމު ރައްޔިތުން ކުނި އެންދުމަކީ މަނާކަމެކެވެ.

(ށ) މި އުސޫލުގެ 4 ވަނަ ނަންބަރުގެ (ރަށުގައި ކުނި ޖަމާކުރެވޭ ތަންތަން) (ހ)، (ށ) އަދި (ނ) ގައި ބަޔާންކުރެވިފައިވާ ތަންތަނުގައި އާންމު ރައްޔިތުން ކުނި އެންދުމަކީ މަނާކަމެކެވެ.

(ނ) ކައުންސިލުން ވަކިގޮތެއް ކަނޑަނާޅާހާ ހިނދަކު މި މާއްދާގެ ދަށުން ކުނި އަންދާނީ މި އުސޫލުގެ 4 ވަނަ ނަންބަރުގެ (ރަށުގައި ކުނި ޖަމާކުރެވޭ ތަންތަން) (ހ)، (ށ) އަދި (ނ) ގައި ބަޔާންކުރެވިފައިވާ ތަންތަނުގައި މި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މުވައްޒަފުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކުންނެވެ.

 

7. އަލަށް ދޫކުރެވޭ ގޯތިތަކާއި، ދަނޑު ބިންތަކާއި ސިނާއީ ބިންތަކުގައި ކުނިއެންދުން:

(ޙ) މިއުސޫލުގެ ދަށުން އަލަށް ދޫކުރެވިފައިވާ ގެވަޅުތައް އިސްތިސްނާ ވާނެއެވެ. އަލަށް ދޫކުރެވޭ ގެވަޅުތައް ސާފުކުރުމުގެ މަރުހަލާގައި ގެވަޅުތެރޭގައި ކުނިއެންދިދާނެއެވެ. ގޭސް ރައްކާކުރެވިފައިވާ ތަކެއްޗާއި، ޕްލާސްޓިކު އަދި ފައިބަރުފަދަ ތަކެއްޗާއި، އެއެއްޗެއް އެންދުމުގެ ސަބަބުން ނުބައިވަހެއް ދުވައިފާނޭ ތަކެތި، ގެވަޅުގައި އެންދުމަކީ މަނާކަމެކެވެ. މިގޮތަށް ކުނިއަންދާއިރުވެސް އެންދޭ ކުނީގެ ސަބަބުން އާންމުރައްޔިތުންނަށް އުނދަގުވާނަމަ އެކުނި އަންދައިގެން ނުވާނެއެވެ.

(ށ) އަލަށް ދޫކުރެވޭ ދަނޑުބިންތަކާއި ސިނާއީ ބޭނުމަށް ދޫކުރެވޭ ބިންތައް ސާފު ކުރުމުގެ މަރުހަލާގައި އުފެދޭ ކުނި އެންދި ދާނެއެވެ. މީގެ އިތުރުން މަސައްކަތުސައިޓުގައި އުފެދޭ ކުނި އެންދުމަކީ މަނާ ކަމެކެވެ.

 

8. ފީ ނެގުމާއި ފީ ދެއްކުން:

(ހ) ހިދުމަތް ލިބިގަންނަ އެންމެހައި ގޭބިސީ ތަކާއި މުއައްސަސާ ތަކާއި ސިނާއީސަރަހައްދު ތަކުން މިއުސޫލާއި އެއްގޮތް ވާގޮތުގެ މަތިން ފީދައްކަން ވާނެއެވެ.

(ށ) ފީނުދައްކާ ފަރާތްތަކަށް ފޯރުކްށްދޭ ހިދުމަތް ފީދައްކަންދެން ވަގުތީގޮތުން ހިދުމަތް މެދުކަނޑާލެވޭނެއެވެ. މިގޮތުން ހިދުމަތް ކަނޑާލުމުގެ ސަބަބުން ކުނިއުކައި ނުލެވޭދުވަސްތަކުގައި އުފެދޭ ކުނި، ކުނިކޮށްޓަށް ގެނައުމަކީ އެފަރާތްތަކުގެ ޒިންމާ އެކެވެ. މިގޮތުން ކުނިކޮށްޓަށް ގެނެވޭ ކުނި ވެއްދުމަށް ގޭޓް ފީ އެފަރާތްތަކުން ނެގޭނެއެވެ.

 

9. ހިދުމަތް ހޯދާ ފަރާތް ތަކުން ދައްކަން ޖެހޭ ފީގެތަފްސީލް:

(ހ) މި ޕްރޮގްރާމްގެ ދަށުން ހިދުމަތް ހޯދާ ފަރާތްތަކުން ތިރީގައި މިވާ ގޮތަށް ހިދުމަތުގެ ފީ ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައްޅާ ފަރާތަކަށް ދައްކަންވާނެއެވެ.

(ށ) ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމްގެ ދަށުން ދުވަހުން ދުވަހަށް ކުނިނެގޭ ތަންތަނާއި އެތަންތަނުގެ ފީ:

#

ތަފުޞީލް

ރޭޓް (މަހަކަށް)

1

ގޭބިސީ ތަކުން

150.00

2

ފަޅުގޯތި/އަލަށް އިމާރާތްކޮށް ދިރިއުޅުން ނުފަށާގޯތި

75.00

2

ރަށުކައުންސިލު އިދާރާ 

500.00

3

ވިޔަފާރިތަކުން

250.00

4

ހޮޓާ/ރެސްޓޯރެންޓް/ކެފޭތަކުން

250.00

5

ސިނާއީ މަސައްކަތްކުރާ ސަރަހައްދުތައް

750.00

6

ވޯކްޝޮޕްތަކުން

250.00

7

ވަޑާންގެ ތަކުން

250.00

8

ސިއްޙީ މަރުކަޒު

500.00

9

ދިރާގު

250.00

10

ފުޓްސަލް ދަނޑު

150.00

11

ޕާރކް

150.00

12

މިސްކިތް

150.00

13

އުރީދޫ

250.00

14

ސްކޫލް

500.00

15

ކޯޓް

500.00

16

ޕްރީ ސްކޫލް

150.00

17

ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދޭ ތަންތަން

500.00

18

ކޮންސްޓްރަކްޝަން ސައިޓް ( މަސައްކަތް ކުރާނަމަ )

500.00

19

އިޖްތިމާއީ ގޮތުން ކުނިކަހާ ބަލަހައްޓާ ސަރަހައްދު

1000.00

 

(ނ) އެކި ފަރާތްތަކުން އަމިއްލަޔަށް ކުނި އުކާލެވޭނެ ފީ:

#

ތަފުޞީލް

ރޭޓް (ދަތުރަކަށް)

1

ކުނިއުކާ ކޮންމެ ވީލްބަރޯއެއް ކޮށްޓަށް ވެއްދުމަށް (ގޭޓް ޗާޖް)

20.00

2

ކުނިއުކާ ކޮންމެ އަތްގާޑިޔަލެއް ކޮށްޓަށް ވެއްދުމަށް (ގޭޓް ޗާޖް)

30.00

3

ކުނިއުކާ ކޮންމެ ރަށުޕިކަޕް/ބަގީއެއް ކުނި ކޮށްޓަށް ވެއްދުމަށް (ގޭޓް ޗާޖް)

35.00

4

ކުނިއުކާ ކޮންމެ ޕިކަޕެއް ކުނި ކޮށްޓަށް ވެއްދުމަށް (ގޭޓް ޗާޖް)

60.00

 

(ނ) ހާއްސަ ދަތުރުތަކުގައި ކުނި އުކާލެވޭނެ ފީ:

#

ތަފުޞީލް

ރޭޓް (ދަތުރަކަށް)

1

ވަކިން ޕިކަޕުގައި ކުނި އުކާލަދިނުން (ލަކުޑި، ގައު ފަދަ ތަކެތި) - ދަތުރަކަށް

80.00

2

ހާއްސަ ހަފްލާތަކާއި ޕާޓީތަކުން ކުނި އުކާލުމަށް ނެގޭ ފީ

350.00

 

10.  މި އުސޫލުގެ ދަށުން ކައުންސިލުގެ ފަރާތުން ކުނި އުކާލުމަށް ކަނޑައަޅާފައިވާ ދުވަސްތައް އަދި އަމިއްލަ ފަރާތްތަކުން ކުނި އުކާލުމަށް ކަނޑައަޅާފައިވާ ދުވަސްތަކާއި ގަޑިތައް:

(ހ) މި ޕްރޮގްރާމްގެ ދަށުން ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މުވައްޒަފުން ކުނި ނެގުމާއި އުފުލުމުގެ މަސައްކަތް ފަށާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް އަދި މެނދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ. އަދި ރަމަޟާންމަހު ކުނި ނެގުމާއި އުފުލުމުގެ މަސައްކަތުގެ ވަގުތު ރަމަޟާން މަސް ކައިރިވުމުން މިކައުންސިލުން އާންމުކުރާނެއެވެ.

(ށ) އަމިއްލަ ފަރާތްތަކަށް (މި ޕްރޮގްރާމްގައި ބައިވެރި ނުވާ) ކުނި އެޅުމަށް ޙައްސަކުރެވިފައިވާ ކުނިގޮނޑަށް ކުނި އުކާލެވޭނީ ތިރީގައި މިވާ ގޮތުގެ މަތިންނެވެ.

ހޮނިހިރު ދުވަހު:  ހެނދުނު 08:00 އިން 11:00 އަށް

އާދިއްތަ ދުވަހު: ހެނދުނު 8:00 އިން 11:00 އަށް

           މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް

އަންގާރަ ދުވަހު: ހެނދުނު 8:00 އިން 11:00 އަށް

           މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް

ބުރާސްފަތި ދުވަހު: ހެނދުނު 8:00 އިން 11:00 އަށް

           މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް

 

11.  ކުރިން ޢަމަލު ކުރަމުންދިޔަ އުސޫލު:

  • މިއުސޫލު އާންމު ކުރުމާއިއެކު ކުރިން މިކައުންސިލުން އާންމުކޮށްފައިވާ އަދި ޢަމަލު ކުރަމުންދިޔަ އުސޫލުތައް ބާތިލުވީއެވެ.

 

12. އުޞޫލުތަކާއި ޚިލާފުވުން އަދި ހިލާފުވުމުން ކުރެވޭ ޖޫރިމަނާ:

(ހ) މިނިސްޓްރީ އޮފް އެންވަރަމެންޓް އެންޑް އެނަރޖީގެ "ކުނި މެނޭޖްކުރުމާބެހޭ ޤަވައިދުގެ 11 ވަނަ މާއްދާ" ހުއްދަނެތި އެއްވެސް ތާކަށް ކުނިއެޅުން މަނާކުރުން.

(ހ) ރާއްޖޭގެ ރައްރަށުގައި އުފެދޭ ކުނި އަޅަންވާނީ އެކަމަށް ހާއްސަކޮށްފައިވާ އަދި ތަންފީޛީ އިދާރާއިން ހުއްދަދީފައިވާ ތަންތަނަށެވެ.

(ށ) އަންނަނިވި ތަންތަނަށް އެއްވެސް ހާލަތެއްގައި ކުނި އަޅައިގެން ނުވާނެއެވެ. އަދި އެފަދަ ތަންތަނަށް އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ މި ޤަވައިދުގެ ދަށުން ކުށެކެވެ.

  • ޤާނޫނު ނަންބަރު: 93/4 ގެ ދަށުން ހިމާޔަށްކޮށްފައިވާ ސަރަޙައްދުތައް.
  • ކުޅި އަދި ޗަސްބިން.
  • ރަށްރަށުގެ ފަޅުތެރެ
  • ފަރު.
  • ފަޅު
  • ފިނޮޅު.
  • ރަށްރަށުގެ އަތިރިމަތި.
  • ރަށްރަށުގެ ހޭޅިފަށް.
  • ބަނދަރު
  • ޕާރކު
  • މަގުމަތި

#

ތަފުޞީލް

ރޭޓް (ދަތުރަކަށް)

1

ފުރަތަމަ ފަހަރު

ނަސޭހަތްދިނުން

2

ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ

500.00 ރުފިޔާ އާއި 1000.00 ރުފިޔާ އާއި ދެމެދު

3

ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ

1000.00 ރުފިޔާ  އާއި 3000.00 ރުފިޔާ އާއި ދެމެދު

4

ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ

3000.00 ރުފިޔާ އާއި 5000.00 ރުފިޔާ އާއި ދެމެދު

5

ފަސްވަނަ ފަހަރާއި އިތުރުވާ ކޮންމެ ފަހަރަކު

5000.00 ރުފިޔާ އިން ޖޫރިމަނާކުރުން

12 ފެބުރުވަރީ 2025