ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 425-CB/1/2013/107
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2013
ޕަބްލިޝްކުރި ގަޑި: 09:44
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގިނަ ދުވަސްތަކެއް ވަންދެން ނުދުއްވާ އެއްވެސް ބޭނުމެއް ނުކޮށް ޕާކުކޮށްފައި ހުންނަ ހަތަރު ފުރޮޅުލީ ވެހިކަލްތަކާބެހޭ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުލުހުންނާ ގުޅިގެން މާލޭގެ މަގުތައް ބެލެހެއްޓުމުގައި މިކައުންސިލުން ކުރަމުންދާ މަސައްކަތުގައި، މާލޭގެ އެކި ހިސާބުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ނުދުއްވައި އެއްވެސް ބޭނުމެއް ނުކޮށް ހުންނަ ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކުކޮށްފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް އެއްވެސް ބޭނުމެއް ނުކުރާ ވެހިކަލްތައް މާލޭގެ އެކި ތަންތަނުގައި ހުރުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ތޮއްޖެހުން އިތުރުވެ ބޭނުންކުރަމުންދާ ވެހިކަލްތަކަށް ޕާކު ކުރާނެ ޖާގަ މަދުވެފައިވާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން މިގޮތަށް ހުންނަ ވެހިކަލްތައް 4 ޖުލައި 2013 ވާ ބުރާސްފަތި ދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ނަގަން ފަށާނެ ވާހަކަ އަންގަމެވެ. މިގޮތަށް ނެގޭ ވެހިކަލްތައް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން މިކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ނައްތާލުމަށްޓަކައި ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށާއި އަދި އެ ވެހިކަލްތަކާމެދު މިކައުންސިލުން ޒިންމާ ނުނަގާނެ ވާހަކަވެސް ދަންނަވަމެވެ. ވީމާ، މިގޮތަށް ބަހައްޓާފައިހުރި ވެހިކަލްތައް ނެންގެވުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

ވީމާ، މިކަން ހުރިހާ ފަރާތްތަކެއްގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

                  18 ޝަޢުބާން 1434

27 ޖޫން 2013