ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2025/9
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 20 މާރިޗު 2025 14:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ސްކޫލައް ވެއްދުމާ ގުޅޭ

2025 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ސްކޫލައް ވެއްދުމާ ގުޅޭ

 

2025 ވަނައަހަރު މިސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީގެ ކުލާސް ތަކަށް އަލައް ވަންނަ ކުދިން ވެއްދުމައް ދޫކުރާ އެޕްލިކޭޝަން ފޯމް 23 ފެބްރުއަރީ 2025 އިން 20 މާރިޗް 2025 ގެ ނިޔަލަށް ތުލުސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ދޫކޮށް ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައެވެ.

ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާތައް ބަލާނެ ގޮތް

ގުރޭޑް

2025 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު ފުރާ

ބޭބީ ނާރސަރީ

2024 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން

ނާރސަރީ

2024 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

 

ވީމާ ބަޔާންކޮއްފައިވާ ގޮތުގެމަތިން އުމުރުފުރާ ހަމަވާ ދަރިވަރުން 20 މާރިޗު 2025 ގެ 12:00 ގެ ކުރިން ސްކޫލަށް ވައްދަން އެދޭ ފޯރމް ފުރިހަމަކޮށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

12 ފެބުރުވަރީ 2025