ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2025/16
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި:
18 ފެބުރުވަރީ 2025 20:30
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުން
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކާ 2025 ފެބުރުވަރީ މަހު ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތު ބައްދަލުވުން 2025 ފެބުރުވަރީ 18 ވާ އަންގާރަ ދުވަހުގެރޭ 20:45 ގައި ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި 2024 ވަނަ އަހަރުގެ މާލީ ބަޔާން ހިއްސާ ކުރުމާއި، 2024 ވަނަ އަހަރު ކައުންސިލުން ހިންގުނު ހަރަކާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމާއި ، ރައްޔިތުންގެ ޚިޔާލު ހޯދުން އޮންނާނެއެވެ. މި ބައްދަލުވުމުގައި ބާރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ. |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.
12 ޝަޢުބާން 1446
11 ފެބުރުވަރީ 2025