ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު ބަނދަރުގައި ޖަހާފައިވާ ތަނބުތައްމަތީގައި ޖެހުމަށްބޭނުންވަ ހިޔާގަނޑު ޖެހުމާއި ތަން ޒީނަތްތެރިކުރުމަށް ބޭނުންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރުގައި ޖަހާފައިވާ ތަނބުތައްމަތީގައި ޖެހުމަށްބޭނުންވަ ހިޔާގަނޑު ޖެހުމާއި ތަން ޒީނަތްތެރިކުރުމަށް ބޭނުންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިބީލަން ހުޅުވާލަމެވެ.
މިބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 20 ފެބްރުއަރީ 2025ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު ދ.މީދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 20 ފެބްރުއަރީ 2025ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 16 ފެބްރުއަރީ 2025ވާ އާދީއްތަދުވަހުގެ 11:15ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 26 ފެބްރުއަރީ 2025ވާ ބުދަދުވަހުގެ 11:15ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.
އިތުރު މަޢުލޫމާތު މިކައުންސިލްގެ ނަންބަރ 6760042 ނުވަތަ އީމެއިލް އެޑްރެސް [email protected] އިން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ފެބްރުއަރީ 2025