ވަޒީފާގެ ފުރުޞަތު
ނަންބަރު: 371-A1/2015/43
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 06 އޮގަސްޓް 2015 12:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ބިލެތްދޫ ޕްރީސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމް: މަސައްކަތު  (ކޮންޓްރެކްޓް އުސޫލުން، 11 ނޮވެންބަރު 2015 ނިޔަލަށް) ފ. ބިލެތްދޫ ޕްރީސްކޫލް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކުލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް : SS1

ޑިވިޜަން:

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް މުނިސިޕަލް ސަރވިސް، ބިލެތްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

ތަޢުލީމާއި ތަޖުރިބާ:

 ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

- ކޮންމެ ދުވަހަކު ކްލާސްރޫމުތެރެ ފޮޅައި ސާފުކުރުން.

- ކޮންމެ ދުވަހަކު ޢިމާރާތުގެ ގޯތިތެރެ ކުނިކަހައި ސާފުކުރުން.

- ދަރިވަރުން ފާޚާނާއަށް ގެންދިއުމުގައި އެހީތެރިވުން.

- ކޮންމެ ދުވަހަކު ކްލާސްރޫމުގެ ގޮނޑިތަކާއި މޭޒުތަކާއި ކަބަޑުތައް ފޮޅައި ސާފުކުރުން.

މި މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

މަސައްކަތު މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި، މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2015 އޮގަސްޓު 6 ވަނަ ދުވަހުގެ މެންދުރު 12.00 ގެ ކުރިން، ބިލެތްދޫ ކައުންސިލް އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

ރަމަޟާން މަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ

ހުށަހަޅަންޖެހޭ ލިއުންތައް:

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުންނާއި، ފ. ބިލެތްދޫ  ކައުންސިލްގެ www.bilehdhoo.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަޞްލުގެ ކޮޕީ)

- ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.

- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ފ. ބިލެއްދޫ ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

އެހެނިހެން ކަންތައްތައް:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ އުމުރުން 18 އަހަރުންމަތީގެ މީހަކަށް ވާންވާނެއެވެ. އަދި އުމުރުން 55 އަހަރުން މަތީގެ މީހަކަށްވެގެން ނުވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ސިފަތައް
  • ސިވިލް ސަރވިސްގެ ވަޒީފާގައި އުޅޭ ފަރާތްތަކަށް މަސައްކަތުގެ ފެންވަރުބަލާ ފޯމުން ފާއިތުވީ އަހަރު ހޯދި ނަތީޖާއާއި، ހާޒިރީއާއި، އުޅުމާއި އަޚްލާޤަށް ބަލައި ކަނޑައެޅޭ މިންގަނޑުން މާކްސް ދެވޭނެއެވެ.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއުކުރެވޭނީ ސޯޓްލިސްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އެހެންކަމުން،  އެ ތާރީޚަށް އިންޓަވިއުއަށް ތައްޔާރުވެ ރަށުގައި ހާޒިރުވެގެން ތިބުން އެދެމެވެ.

ނޯޓު:

ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ 6740013  ނަންބަރު  ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740595 އެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ.

17 ޝައްޥާލް 1436

02 އޮގަސްޓް 2015