ވަޒީފާގެ ފުރުޞަތު
ނަންބަރު: ( IUL)23-ES/1/2015/170
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:02
ސުންގަޑި: 20 އޮގަސްޓް 2015 14:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް

ރެޖިސްޓާރޑް ނާރސް 

ބޭނުންވާ އަދަދު

-

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކްލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތައް (ވަޒީފާ ބޭނުންވާ ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒު އިސްކަންދޭ ތަރުތީބުން 3 ތަނެއް ޚިޔާރުކުރުމަށް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުން ޚިދުމަތްހޯދާ ބަލިމީހުންނަށް ދޭންޖެހޭ ނާރސިންގ ކެއަރގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ސަރުކާރު  ގަބޫލުކުރާ  އިންސްޓްޓިއުޓެއްގައި  ނަރސިންގ  ދާއިރާގެ  އޮނިގަނޑުގެ  ލެވަލް  5  ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ދިވެހިރާއްޖޭގެ  ނާރސިންގ  ކައުންސިލްގައި ރަޖިސްޓްރީވެފައިވުން.

މަޤާމް

އެންރޯލްޑް ނާރސް

ބޭނުންވާ އަދަދު

-

މަގާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް GS 4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތައް (ވަޒީފާ ބޭނުންވާ ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒު އިސްކަންދޭ ތަރުތީބުން 3 ތަނެއް ޚިޔާރުކުރުމަށް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުން ޚިދުމަތްހޯދާ ބަލިމީހުންނަށް ދޭންޖެހޭ ނާރސިންގ ކެއަރގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

 

ސަރުކާރު ގަބޫލުކުރާ އިންސްޓްޓިއުޓެއްގައި، ނަރސިންގ ދާއިރާގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލްގައި ރަޖިސްޓްރީވެފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އެދޭ ރަށެއްގައި ހުސްމަޤާމެއް ނެތިގެން ވަޒީފާ ހަމަޖެހެން ނެތްނަމަ، ދެވަނަ އަދި ތިންވަނައަށް ވަޒީފާ ބޭނުންވާ ރަށެއްވެސް އެނގޭގޮތަށް (އިސްކަންދޭ ތަރުތީބުން)  ހުށަހެޅުން އެދެމެވެ. އެރަށެއްގައި ހުސްމަޤާމު އޮތް އަދަދަށްވުރެ ގިނަފަރާތްތަކަކުން އެ މަޤާމަށް ކުރިމަތިލާފައިވާނަމަ، އެ މަޤާމަށް މީހަކު ހޮވާނީ، އެދިފައިވާ ހުރިހާ ފަރާތްތަކާ އިންޓަވިއު ކޮށްގެންނެވެ.  

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ރިސްކް އެކުލެވޭ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުޞޫލުގެމަތިން ރިސްކް އެލަވަންސް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާ އަދާކުރުމަށް ބޭނުންވާ ރަށެއް އެނގޭނެހެން، 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން (އިޢުލާނަށް ޙަވާލާދީފައި) މިމިނިސްޓްރީއަށް ސިޓީއަކުން  ހުށަހެޅުން އެދެމެވެ. 

2. މި ވަޒީފާއަށްއެދި ހުށަހަޅާއިރު، ލިބިފައިވާ ނާރސިންގ ސެޓްފިކެޓާއި، ނާރސިންގ ކައުންސިލްގެ ރެޖިސްޓްރޭޝަނާއި، މުއްދަތު ހަމަނުވާ ލައިސަންސް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުލިބޭނަމަ، ސެޓްފިކެޓް އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުން) ހުށަހެޅުން އެދެމެވެ. މިކަންކަން ފުރިހަމަނުކޮށް ހުށަހަޅާ ސިޓީތައް ބާޠިލްކުރެވޭނެއެވެ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

4. އެއްރަށުން އަނެއްރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

2015  އޮގަސްޓު  27  ވާ  ބުރާސްފަތި  ދުވަހުގެ  14:30  ގެ  ކުރިން،  މިނިސްޓްރީ  އޮފް  ހެލްތު (ރޯޝަނީ ބިލްޑިންގ) ގެ ކައުންޓަރަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

- އެރަށެއްގައި ހުސްމަޤާމު އޮތް އަދަދަށްވުރެ ގިނަފަރާތްތަކަކުން އެ މަޤާމަށް ކުރިމަތިލާފައިވާނަމަ، އެ މަޤާމަށް މީހަކު ހޮވާނީ، އެދިފައިވާ ހުރިހާ ފަރާތްތަކާ އިންޓަވިއުކޮށްގެންނެވެ.

- އިންޓަވިޔު އޮންނާނީ، ވަޒީފާ ބޭނުންވާ ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒުގައި 2015 ސެޕްޓެންބަރުމަހުގެ ތެރޭގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3014400 ނަންބަރު ފޯނަށެވެ.

18 ޝައްޥާލް 1436

03 އޮގަސްޓް 2015