ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)439-CO/439/2015/65
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 09 އޮގަސްޓް 2015 15:00
ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:     

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަންބަރު:

266072

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

އޮފީސް / އިދާރާ:

ފުވައްމުލަކު ދަޑިމަގު ކައުންސިލް އިދާރާ

ސެކްޝަން:

ކޯފަރޭޓިވް އެފެއާޒް

މުސާރަ:

-/5020  ރުފިޔާ

ސަރވިސް އެލަވަންސް:

-/1500  ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ:

- އެޑްމިނިސްޓްރޭޝަން  މެނޭޖްމެންޓުގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

 

 

 

 

 

 

 

 

 

 

-  ކައުންސިލްގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

- ތިޖޫރީގައި ހުންނަ ފައިސާގެ މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުން.

1489 ރެވެނިއު 1، 2 ޚަރަދު 2 އިން ބީއެމްއެލް ރިޕޯޓް ތައްޔާރުކުރުން.

- ފިޠުރު ޒަކާތާއި މުދަލުގެ ޒަކާތާބެހޭ އެންމެހައި ކަންތައްތައް.

- 1489 ރެވެނިއު 1، 2 ޚަރަދު 2 ގެ އައިޓަމްބާކީ ލިޔެ ބެލެހެއްޓުން.

- 1489 ރެވެނިއު 1، 2 ޚަރަދު  2 އިން ޚަރަދުކުރަންޖެހޭ ފައިސާ ގަވާޢިދާ އެއްގޮތަށް ޚަރަދުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- ހަވާލުވެފައިވާ މަސައްކަތުގެ ތެރެއިން ލިޔަންޖެހޭ ސިޓީ ފަދަ ތަކެތި ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- މައްސަލަތައް ފައިލްކުރުން.

- ސަރުކާރުން ދެއްވާ ޚާއްޞަ ޢިނާޔަތްތައް ލިބޭ ފަރާތްތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް.

- މަސައްކަތާ ގުޅޭ ފޮތްތަކުގައި ގަނޑުލައި ބެލެހެއްޓުން.

-  އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

- ވާރޭގެ ރިޕޯޓް، މޫސުމާއި މަސްވެރިކަމުގެ ދުވަހު ރިޕޯޓް، ފިޝަރީޒް ރިޕޯޓް ހެދުން.                       

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މި މަޤާމަށް   ކުރިމަތިލާން  އެދޭ ފަރާތްތަކުން،  ތިރީގައިވާ  ލިޔުންތަކާއެކު،  2015 އޯގަސްޓު 9 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން، ދަޑިމަގު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މި އިދާރާއިން ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލް

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު.

- މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް:

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6865085 ނަންބަރު ފޯނާއެވެ.

7 ޝައްޥާލް 1436

23 ޖުލައި 2015