ބީލަން
ނަންބަރު: (IUL)290-ADMIN/290/2025/17
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 19:08
ސުންގަޑި: 19 ފެބުރުވަރީ 2025 13:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާފަރު މިސްކިތްތަކުގައި ހަރުކުރުމަށް 24 ބީޓީޔޫގެ 8 އޭސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ނ. މާފަރު މިސްކިތްތަކުގައި ހަރުކުރުމަށް ބޭނުންވާ 24 ބީޓީޔޫގެ 8 އޭސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

1. މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2.     ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 13 ފެބުރުވަރީ 2025 ގެ ނިޔަލަށެވެ. ރަޖިސްޓުރީކުރެއްވުމަށް ބީލަމުގައި ރަޖިސްޓަރ ވުމަށްއެދޭ ފޯމް ފުރުއްވާ  ކައުންސިލްގެ މެއިލް އެޑްރެސް:[email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ފޯމް މި އިދާރާގެ ކައުންޓަރުން އަދި އިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ.

3-      ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް 19 ފެބުރުވަރީ 2025 ވާ ބުދަ ދުވަހު 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް  [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560005 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

10 ފެބުރުވަރީ 2025